އެހެން މީހެއްގެ އެކައުންޓުން، އެ މީހާއަށް ނޭނގި 10،500 ދިވެހި ރުފިޔާގެ ފައިސާގެ މުއާމަލާތެއް ހިންގާފައިވާ މައްސަލައެއްގައި މީހަކު ހޯދަނު ފުލުހުން ފޮޓޯ އާއްމުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހާ އަކީ ފައިސާގެ މައްސަލައާ ގުޅިގެން ތަހުގީގުގައި ސުވާލު ކުރަން ބޭނުންވާތީ ހޯދަން ބޭނުންވެ، ކާކުން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެކެވެ.
ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަން ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.
މި ފަހަކަށް އައިސް މީހުންގެ އެކައުންޓުތަކުން ވެރިފަރާތައް ނޭގި ފައިސާ ނަގާ މިންވަރު ވަނީ އިތުރުވެފައެވެ. ކާކުކަން ނޭގެ މީހުންނަށް އެކައުންޓުގެ މައުލޫމާތުތައް ހިއްސާނުކުރަން ބޭންކުންނާއި ފުލުހުން ދަނީ އިލްތިމާސްކުރަމުންނެވެ.
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި