ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފައްދާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސް އުފައްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފިއެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް (ހަސަންކޮ) އަށެވެ.
ޑިމޮކްރެޓްސް އުފައްދަން ހުއްދަ ދީފައިމިވަނީ އެ ޕާޓީއަށް ހުއްދަ ދިނުން ލަސްވާކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ. އަދި އީސީން ބާއްވާ ބައްދަލުވުންތަކުގެ ކޯރަމް ހަމަނުވެގެން ބޮޑު މައްސަލަގަނޑަކަށްވެފައި ވަނިކޮށެވެ. ދެ މެމްބަރަކު ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ނުފޫޒުން މަސައްކަތްކުރާތީވެ ކަމަށް ބުނެއެވެ.
އެމްޑީޕީގެ ތެރެއިން ވަކިވެވަޑައިގެންނެވި މަޖިލީހުގެ 12 މެމްބަރުންވެގެން އުފެއްދި ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބެލެވެއެވެ. އެކަމަކު ރަސްމީކޮށް ނޭރޭނީ ކޮން ކެނޑިޑޭޓެއް ކަމެއް އަދި ހާމައެއްް ނުކުރެއެވެ. އެކަމަކު ނަޝީދު އެ ޕާޓީން ވާދަކުރުން ވަރަށް އެކަށީގެންވާ ކަމަށްވެއެވެ. ނަމަވެސް ނަޝީދު އަދި މިހާތަނަށް ދަ ޑިމޮކްރެޓްސްއާ ރަސްމީކޮށް ގުޅިވަޑައިނުގަންނަވައެވެ.
މި ސަރުކާރުން ބަދަލުކުރަން ޑިމޮކްރެޓުން ދަނީ ޕީޕީއެމް/ޕީއެންސީއާ އެކު ސިލްސިލާ މަޝްވަރާތަކެއް ބާއްވަމުންނެވެ. ޑިމޮކްރެޓުން ބުނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރަން މަސައްކަތްކުރަން ޖެހުނު ކޮންމެ ބަޔަކާއެކުވެސް ކުރާނެ ކަމަށެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ