ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ނ. ހޮޅުދޫ މީހަކު ނިޔާވެއްޖެއެވެ.
ނިޔާވީ އުމުރުން 70 އަހަރުގެ ނ. ހޮޅުދޫ، ގާސިމް އިބްރާހިމެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އޭނާ ނިޔާވީ ކުއްލި ގޮތަކަށް ކަމަށެވެ.
“ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށްފަހު، ހޮޓަލުގައި ރޭ ފަތިހި ގާސިމް ނިޔާވީ. ނިޔާވީ ކުއްލި ގޮތަކަށް،” އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުރުޝިދު އަބްދުލްހަކީމް ވިދާޅުވިއެވެ.
މިއީ މިފަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ނިޔާވި ތިން ވަނަ ދިވެހި ހައްޖުވެރިޔާއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން