ވިލިމާލެ އިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ 53 އަހަރުގެ އާތިފާ ނަމަކަށް ކިޔާ މީހަކު ގެއްލިގެން މިއަދު 10:25 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، އިއްޔެގެ 22:45 އެހާކަށްހާއިރު ކަމަށެވެ.
އޭރު ލައިގެންހުރީ ފެހިކުލައިގެ ހެދުމެއްކަމާއި އަޅައިގެންހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން ފުލުހުން ވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތެއް ފުލުހުންނާއި ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ