ހައްޖަށް ގޮސް އުޅެނިކޮށް، މިނާއިން ގެއްލުނު ދިވެހި ހައްޖުރުވެރިޔާ މަރުވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދައާ ދިމާލުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ނޫރު ފަރުބަދައާ ދިމާލުގައި މަރުވެފައި އޮއްވާ ފެނުނީ "އަލް ޙަރަމައިން"ގެ ހަވާލުގައި ޙައްޖަށް ދިޔަ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ (72)އެވެ.
ނަސީމު ވަނީ ޙައްޖު މަހުގެ އަށް ވަނަ ދުވަހުގެ ރޭ މިނާ ޓެންޓުން ނުކުންނެވި ފަހުން ވީނުވީއެއް ނޭނގި ގެއްލިފައެވެ.
"ނަސީމް ހޯދުމަށް ދިވެހި ޙައްޖު މިޝަނާއި، ސަޢުދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި، އަލްޙަރަމައިން ކުންފުނިން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ނަސީމުގެ ހަށިގަނޑު ފެނުނީ ނޫރު ފަރުބަދައާ ދިމާލުން ރޭގެ ދަންވަރުގެ 1.55ހާއިރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައިކަން ހޮސްޕިޓަލުން ވަނީ މިނިސްޓްރީންއަށް ކަށަވަރުކޮށްދީފައެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ