މުސްލިމުން އީދު ފާހަގަކުރާއިރު އެހެން ދީންތަކުގައި ފާހަގަކުރާ އީދު ކޮޕީ ނުކުރުމަށް އަޟްހާ އީދުގެ ހުތުބާގައި ގޮވާލައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރެވިގެންދިޔަ އީދު ނަމާދަށްފަހު އިއްވި ހުތުބާގައި ބުނީ އީދު ފާހަގަ ކުރުމަކީ އުފާފާޅު ކުރުން ކަމަށެވެ. ނަމަވެސް އެއީ މާތްރަސްކަލާނގެ އަންގަވާފައިވާ އިންތަކުގެ ތެރެއިން ކަމަށް ހަނދުމަކޮށްދިނެވެ.
ހުތުބާގައި ބުނީ އީދު ފާހަގަ ކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުން ނޫން ކަމަށެވެ. އީދަކީ މާތް ރަސްކަލާނގެ ހައްދުތަކާއި ހުރުމަތްތައް ގިރާ ކުރުމަށް ހުޅުވިގެންދާ ދޮރެއް ނޫން ކަމަށެވެ.
އިސްލާމްދީނުގައި އީދަކީ މާތް ރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމާއި ވިދިގެން އަންނަ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އެގޮތުން އަޟްހާ އީދު ގުޅިފައި ވަނީ ހައްޖުގެ މަތިވެރި އަޅުކަމާއި ކަމަށާއި އެއީ ޒަމާންތަކާއެކު ތާ އަބަދަށް ދެމިގެންދަނިވި މަތިވެރި ޒިކުރާތަކަކާއި ގުޅިފައިވާ އީދެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ހައްޖުގެ ރުކުންތަކުގެ ތެރެއިން އަރަފާތުގައި ހުރުމަކީ މުސްލިމުންގެ އެއްބައިވަންތަކަމާއި އުހުއްވަތްތެރިކަން ހާމަކޮށްދޭ ކަމެއް ކަމަށް ހުތުބާގައިވެއެވެ.
އީދު ދުވަހަކީ ގުރުބާން ކުރުމުގެ ދުވަހެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ އިބްރާހީމްގެފާނާއި އިސްމާއިލްގެފާނުގެ ވާހަކައިން ލިބިގެންދިޔަ ފިލާވަޅާއި އިބުރަތުގެ ވާހަކަ ކިޔައިދީފައެވެ.
އެގޮތުން އިސްމާއިލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ އަދުގެ ޒުވާނުން އެކަމުން އިބުރަތް ހާސިލްކުރަން ޖެހޭ ފިލާވަޅެއް ކަމަށާއި އެގޮތުން އެއީ ދަރިން މައިންބަފައިންނަށް ކިޔަމަންގަތުމުގެ ނަމޫނާއެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި