ބައިބައިނުވުމަށާއި އެކަތިގަނޑެއްގެ ގޮތުގައި ތިބުމުގެ މުހިއްމުކަމުގެ މައްޗަށް މިއަހަރުގެ ހައްޖު ހުތުބާގައި ވަރަށް ބޮޑަށް އަލި އަޅުވާލައިފިއެވެ.

އަރަފާތު ބިމުގައި ހުންނަ މިސްކިތެއް ކަމަށްވާ މަސްޖިދުލް ނަމިރާގައި އިއްވި މިއަހަރުގެ ހައްޖު ހުތުބާގައި އެންމެ ފުރަތަމަ ފެށީ ވެސް ބައިބައިވުމަކީ މާތް ރަސްކަލާނގެ ހަރާމް ކުރައްވާފައިވާ ކަމެއްކަން ހަނދުމަ ކޮށްދެމުންނެވެ. އަދި ހަމައެއާއެކު ވަކިވަކި ނުވުމަށް ކީރިތި މާތް ނަބިއްޔާ މުހައްމަދު ސއވ އިރުޝާދު ދެއްވާފައިވާ ކަމަށް ހުތުބާގައި ކިޔައިދިނެވެ.

މީގެއިތުރުން އިސްލާމްދީނުގެ މަތީގައި ތިބުމާއި އެކުވެރިކަމުގައި ތިބުމަށް ހައްޖު ހުތުބާގައި ބާރު އެޅުއްވިއެވެ.

[caption id="attachment_54149" align="alignnone" width="1280"] އަރަފާތު ބިމުގައި ހުންނަ މިސްކިތެއް ކަމަށްވާ މަސްޖިދުލް ނަމިރާގައި ހައްޖުވެރިން ހައްޖު ހުތުބާގައި އަޑުއަހަނީ: ފޮޓޯ / ހަރަމައިން[/caption]

މާތް ރަސްކަލާނގެ އަކީ އެއްކައުވަންތަ އިލާހު ކަމަށާއި އެކަލާނގެ އަށް ޝިރުކު ނުކުރުމަށް ވެސް ހައްޖު ހުތުބާގައި ގޮވާލެއްވިއެވެ. އެގޮތުން އެންމެހާ ހުކުމެއް އަދި އެންމެހާ ފައިސިލާއެއް މިލްކުވެވޮޑިގެން ވަނީ މާތް ރަސްކަލާނގެ އަށް ކަމަށާއި އަދި އެންމެހާ ކަމެއްގެ ނިމުން އޮތް ފަރާތަކީ އެކަލާނގެކަން ޝެއިހް ޑރ. ޔޫސުފް ބިން މުހައްމަދު ބިން ސައީދު އިއްވި ހައްޖު ހުތުބާގައި ހަނދުމަ ކޮށްދެއްވިއެވެ.

ދެ މިލިއަނަށްވުރެ ގިނަ މީހުން ޖަމާވެފައިވާ އަރާފަތު ބިމުގައި އިއްވި ހައްޖު ހުތުބާގައި ހައްޖަތުލް ވަދާއުގައި ރަސޫލާ ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރެއްވިއެވެ. އެގޮތުން މީސްތަކުންގެ މުދަލާއި އަބުރާއި ލެއަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ރަސޫލާ ސއވ ހަނދުމަ ކޮށްދެއްވިކަން ފާހަގަކުރެއްވިއެވެ.

[caption id="attachment_54150" align="alignnone" width="1280"] އަރަފާތު ބިމުގައި ހުންނަ މިސްކިތެއް ކަމަށްވާ މަސްޖިދުލް ނަމިރާގައި ހައްޖުވެރިން ހައްޖު ހުތުބާގައި އަޑުއަހަނީ: ފޮޓޯ / ހަރަމައިން[/caption]

އަދި އިންސާނުންގެ ކުލަ އާއި ނަސްލަކީ މާތްރަސްކަލާނގެ ކުޅަދުންވަންތަކަމުގައިވާ ކަންކަން ކަމަށާއި އެއިން އެއްވެސް ކަމަކީ ބައިބައިވުމަށް ޖާގަ ދެވިގެންވާނެ ކަންކަން ނޫން ކަމަށް ބުންޏެވެ. އަދި ބުނީ ބައިބައިވެގެން ނުދިއުމާއި އެންމެން އެކަތިގަނޑެއްގެ ގޮތުގައި އިސްލާމްދީނުގައި ހިފަހައްޓައިގެން ހުރުމުގެ މުހިއްމު ކަމެއް ކަމަށެވެ.

ސަހާބީން ބޭކަލުންނާއެކު ރަސޫލާގެ ހަޔާތްޕުޅުގައި ވެސް އޮތީ އެކުވެރިކަން ފާހަގަކުރައްވާ އަދި އެބޭކަލުންނަށް ނަސްރު ދެއްވީ އޭގެ ސަބަބުންކަން. އަދި ރަސޫލާ ވެސް އެއްބައިވަންތަކަމަށް ބާރު އަޅުއްވާފައިވާކަން ފާހަގަކުރިއެވެ.