"...ކުރީގައި [ދަނޑަށް] ވަރަށް ދަން ހަމަ. ކާން ބޯން ކުރަން ކުރާ މަސައްކަތް ހުއްޓާލާފައި ވެސް ފުޓުބޯޅަ ބަލަން. އެކަމަށް މިހާރު އެއްވެސް ޝައުގުވެރިކަމެއް ނުހުރޭ،" ހަތާވީސް ޓީމާ ވާހަކަ ދައްކަމުން ދިވެހި ސަޕޯޓަރަކު އިއްޔެ ބުންޏެވެ.

އެއްބަޔަކަށް ގޯސްވީ ގައުމީ ޓީމުގެ ބިދޭސީ ކޯޗެވެ. އަނެއްބަޔަކަށް މުޅި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގުންތެރިން ގޯސްވި އިރު، ޓީމުގެ ކުޅުން ވެސް ގޯސްކުރިއެވެ. އެކަމަކު އޭގެން އެކެއްގެ ވާހަކަތަކެއްގައި ވެސް ރާއްޖޭގެ ކުޅުންތެރިންގެ ވާހަކަ ނުގެނެސް އޮތުމުން ދޭހަވާއެއް ކަމަކީ އެ އެންމެން ވެސް ގައުމީ ޓީމުގެ ނަތީޖާއަށް ފާޑުކިޔައި ހަދަނީ ގައުމީ ޓީމަށް ގަދަރެއް ކުރާތީ، އަދި ކުޅުންތެރިން ދެކެ ދިވެއްސަކަށްވީތީ އޮންނަ ކުލުނެއްގެ ސަބަބުން ކަމަށެވެ.

މާދަމާ ލުބުނާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އަޅުގަނޑުމެން "ހަތާވީސް" އިން މާލޭގެ އެކި ސަރަހައްދު ތަކުން މީހުންނާ އިންޓަވިއުކޮށް ދެތިން ސުވާލެއް ކޮށްލީމެވެ. ގައުމީ ޓީމަށް މިހާރު މިއޮތް ހާލަތު މެދުވެރިވާން ދިމާވި ސަބަބުތަކާ ގުޅޭގޮތުންނެވެ. ގައިގަނޑަކަށް އެންމެންގެ ޖަވާބުވެސް ދާދި އެއްގޮތެވެ. އެންމެންވެސް ތިބީ ރާއްޖެ ޓީމުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހުމެއްވުރެން ބޮޑަށް ކަންބޮޑުވެފައެވެ. އެއީ އެ ޓީމާ މެދު ކުރަމުން އައި ފޮނި އުންމީދުތަކެއްގެ ސަބަބުން ކަން އެ އެންމެން އެމީހެއްގެ ފުޓުބޯޅައިގެ މައުލޫމާތާއި ވިސްނުން ހުރި ހިސާބަކުން ކިޔައިދިނެވެ.

https://twitter.com/hathavees/status/1673609633007804417?s=20

މައްސަލައަކީ ފުޓުބޯޅަ ސިޔާސީވުން

ދިވެހި ފުޓުބޯޅަ އާއި ގައުމީ ޓީމަށް ކުއްލިއަކަށް މިހާ ބޮޑު ބަދަލެއް އައީ ފުޓުބޯޅައިގެ ތެރެއަށް ސިޔާސީ ކަންކަން ވަނުމުން ކަމަށް އިންޓަވިއުގައި ބައިވެރިވި އެކަކު ބުންޏެވެ.

"ފޯރި ނެތީ މިހާރު ފުޓުބޯޅަ ސިޔާސީ ވީމާ...ސިޔާސީ ކުޅިވަރުން ނެއްޓި ރައްޔިތުން އެކައްޗަކަށް ވެގެން ދެން ފުޓުބޯޅައިގެ ފޯރި ގެނެވޭނީ. އެފްއޭއެމް ވެސް ސިޔާސީވީ އެތާ ތިބި ވެރިންވެސް ސިޔާސީވީ،" ތަވާހީހާ ވާހަކަ ދެެއްކި މީހާ ބުންޏެވެ.

"ސާފް ޗެމްޕިއަންޝިޕް އޮންނަ ކަމެއް ވެސް ނޭނގެ. ކުރިން ވެއްޖެޔާ ކިރިޔާ މެޗެއް އޮތަސް އިނގޭނެ."

[caption id="attachment_54130" align="alignnone" width="1024"] ދިވެހި ފުޓްބޯލަ ސިޔާސީވެފައިވާ ކަމަށް ގަބޫލުކުރާ މީހުން: އެ މީހުންގެ ވާހަކަ ހަތާވީހާ ހިއްސާކުރި-- ފޮޓޯ: ޙުސައިން ޙަސަން | ހަތާވީސް[/caption]

އައު ކުޅުންތެރިންނާއެކު ޓީމު ބަދަލުވާން ދުވަސް ނަގަނީ

މިފަހަރުގެ ގައުމީ ޓީމުގައި އޮތީ ޒުވާން ސްކޮޑެކެވެ. އައު ކުޅުންތެރިންތަކަކަށް ފުރުސަތު ވެސް ދީގެން ގައުމީ ޓީމު ކުރިން ނުވެސް ކުޅޭ ފޯމޭޝަންތަކަކަށް ކުޅެން ފަށާފައިވާއިރު، މި ކުޅުންތެރިންނަށް ކުރިން އޮތް ވަރުގެ ޓީމަކަށް ވުމަށް ވަގުތު ދޭން ޖެހޭ ކަމަށް ވެސް އިންޓަވިއުގެ ތެރެއިން އެކަކު ބުންޏެވެ.

"ހީވަނީ އަލުން އެއްޗެއް ޓްރައި ކުރަން އުޅޭހެން. ވަރަށް ޔަންގު ބެޗެއް އޮތީ ދޯ. އެހެންވެގެން އަނެއްހެން ހިތްހަމަ ޖެހޭ އެކަމު. ހީވަނީ އަލުން ބޮޑު ރިސެސްއަކަށް ގޮސް ފައްޓައިގެން އުޅޭހެން. ޔަންގް ޓީމެއް ނަގައިގެން އެކްސްޕީރިއަންސުން ހީވަނީ މޮޅުވާނެހެން އަނެއްހެން."

"ބަންގްލަދޭޝް އަތުން މޮޅުވާން ޖެހޭނެ ކަމަށް ގަބޫލުކުރަނީ. އެ ފެންވަރު ރާއްޖޭގައި ހުންނަން ޖެހޭނެ. ފުރަތަމަ ހާފުގައި ކުޅުން އަސްލު ރަނގަޅު. އެކަމަކު އޮޕޯނެންޓްގެ މައިންޑް ރީޑު ނުކުރެވިގެން ދިޔަތަން ފެނުނީ."

މެޗުތަކެއް ނުކުޅެ ދިޔުން ގޯސް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި އަށް ގައުމުގެ ތެރެއިން އެއްވެސް އެކުވެރިކަމުގެ ވަރުގަދަ މެޗެއް ނުކުޅެ މުބާރާތަށް ދިޔަ ދެ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ދެން އޮތް ބޫޓާނުން ވަރުގަދަ މެޗުތަކެއް ނުކުޅުނު ނަމަވެސް އިންޑިއާގެ ކޮލްކަޓާގައި ތަމްރީން ހެދި އިރު، އެ ސަރަހައްދުގެ ޓީމަކާ ދެކޮޅަށް ދެ މެޗު ކުޅުނެވެ. އެކަމަކު ރާއްޖެއިން ކުޅުނު ހަމައެކަނި މެޗަކީ މަހިނބަދޫއާ ދެކޮޅަށް ކުޅުނު "ޝޯ އޮފް" މެޗެކެވެ.

އިންޓަވިއުގެ ތެރެއިން ދިމާވި އެކަކު ބުނި ގޮތުގައި ކުޅިވަރު ކުޅެފައި ހުރި މީހަކަށް ޕްރެކްޓިސްގައި ކުޅުމާއި މެޗުގައި ކުޅޭ ކުޅުން ތަފާތުވާނެ ކަމަށެވެ. އަދި އެގޮތަށް ކަންވުމުން ކުޅުންތެރިންނާއި ކޯޗު ގޯސްކުރެވެން ނެތް ކަމަށް އޭނާ ބުންޏެވެ.

[caption id="attachment_54131" align="alignnone" width="1024"] ޓީމުގެ ކުޅުން ރަނގަޅުކަމަށް ފާހަގަ ކުރި ޒުވާނެއް[/caption]

"ކޯޗުގެ މައްސަލައެއް ނޫން ކަންނޭނގެ. އަސްލު ކުޅުންތެރިންގެ ވެސް މައްސަލައެއް ނޫން ކަންނޭންގެ. ކުޅިވަރު ކުޅެފައި ހުރި މީހަކަށް އިނގޭނެ މެޗެއްގައި ކުޅުމާއި ޕްރެކްޓިސްގައި ފިޒިކަލް ޓްރެއިނިންގްތަކެއް ހެދުމާއި އެއީ ތަފާތު ދެކަމެއް."

"އެއީ ކަންނޭންގެ މަދުވި އެއްޗަކީ. ކޮންޕެޓިޓިވް މެޗުތަކެއް ނުކުޅެ، މިކޮޅުގައި ލީގުވެސް އެހާ ސަކަރާތްކޮށް އިނދެފައި ދިޔައިމަ ކަންނޭންގެ އެ ދިޔައީ."

ލުބްނާން މެޗު އުނދަގޫވާނެ. އެކަމަކު ނުވާނެޔެކޭ ނުބުނާނަން

[caption id="attachment_53973" align="alignnone" width="2560"] ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރިމެޗުގެ ތެރެއިން: މެޗު ބަލަންދާ މީހުންގެ އަދަދު ވެސް މަދު — ފޮޓޯ:މުހައްމަދު އަފްރާހް/ހަތާވީސް[/caption]

ލުބްނާނާއި ދެކޮޅަށް މާދަމާ ކުޅޭ މެޗަކީ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭނެ ފަހު މެޗެވެ. އެ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ އަދިވެސް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް އެންމެ ފަހުން ދެ މެޗުގެ ކުޅުމަށް ބަލައި ލުބްނާން އަތުން މޮޅުވުމަކީ ވުމެއް ވުރެން ނުވުން ގާތް ކަމެއް ކަމަށް އިންޓަވިއުގެ ތެރެއިން ބައިވެރިއެއް ބުނި ނަމަވެސް އުންމީދަކީ މޮޅުވުން ކަމަށް ބުންޏެވެ.

"މޮޅުވެދާނެކަމަށް އުންމީދުކުރަން ދޯ. އެކަމަކު ވަރަށް ބޮޑު ހިލްއެއް ކްލެއިމް ކުރަން ޖެހެނީ. ވުމަށް ވުރެން ނުވުން ގާތް ކަމެއް. ދެން ކޮންމެ ގޮތެއް ވިޔަސް ގައުމީ ޓީމު ކުޅެންޏާ އުންމީދުކުރާނީ މޮޅުވާނެ ކަމަށް،"