މިދިޔަ މޭ މަހު އިމްޕޯޓް އަދި އެކްސްޕޯޓް އާމްދަނީގެ ގޮތުގައި 357 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ އިދާރާއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު މި އަހަރުގެ މޭމަހު ކަސްޓަމްސް އަށް، އިމްޕޯޓު އެކްސްޕޯޓުން ލިބުނު އާމްދަނީ ވަނީ 19 އިންސައްތަ މައްޗަށް ޖެހިފައެވެ. އަދި އެކްސްޕޯޓު ފަސް އިންސައްތަ، އިމްޕޯޓް 37 އިންސައްތަ އިތުރުވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން މުދާ އިމްޕޯޓް ކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ 901 މިލިއަން ރުފިޔާގެ މުދަލކެވެ. ޗައިނާއިން އެކްސްޕޯޓް ކޮށްފައިވަނީ 14 އިންސައްތައެވެ. އިންޑިއާއިން އެކްސްޕޯޓް ކޮށްފައިވަނީ 19 އިންސައްތައެވެ. އޮމާނުން އެތެރެކުރީ 12 އިންސައްތައެވެ. ޔޫއޭއީއިން އެތެރެކުރީ 14 އިންސައްތައެވެ.
އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ގައުމަކީ ތައިލެންޑުންނެވެ. އެ ގައުމުން 61 އިންސައްތަ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު ޖަރުމަނުން އެކްސްޕޯޓްކުރީ ހަތް އިންސައްތައެވެ. އިނގިރޭސިވިލާތުން 17 އިންސައްތަ ވަނީ އެކްސްޕޯޓްކޮށްފައެވެ.
		
										
										
		
		
		
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު								
														
							
								ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ