ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އިމާރާތް ކޮށްފައިވާ އެ ކުންފުނީގެ ހިޔާ ޓަވަރުގެ ފްލެޓުތަކުގެ ކުލީގެ ގޮތުގައި 600،000 އަށްވުރެ ގިނަ ރުފިޔާ ނުލިބޭކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައެވެ. ކޮމެޓީ އަށް އެ މައްސަލަ ހުށަހެޅީ ކެލާ ދާއިރާގެ މެންބަރު ޝަރީފެވެ. އަދި އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ކޮމެޓީގައި މަޝްވަރާ ކޮށްފައިވެއެވެ.
ސްޓެލްކޯގެ ފްލެޓުތަކަކީ ވެސް ސަރުކާރުގެ އެހެން ބައެއް ކުންފުނިތައް ފަދައިން، ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް އިމާރާތް ކޮށްފައިވާ ފްލެޓުތަކެކެވެ. އެ ފްލެޓުތަކުގެ ކުލި ނުދައްކާ ނަމަ މުވައްޒަފުންގެ މުސާރަ އިން އެބައި އުނިކުރެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެތަނުގައި ކުލި ނުދައްކާ ދިރިއުޅެމުން ދަނީ ކުންފުނީގެ އިސް މަގާމުތައް މީގެކުރިން ފުރުއްވާފައިވާ ބޭފުޅުން ކަމަށެވެ. ނަމަވެސް ކުއްލި ނުދައްކާ މުވައްޒަފުންނަށް ފިޔަވަޅު އަޅާ ފަދައިން ކުލި ނުދައްކާ ކުރީގެ އިސްވެރިންނަށް ފިޔަވަޅު ނޭޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިހާރުގެ މުވައްޒަފުންނާއި އަދި ކުރީގެ އިސްވެރިންނާއި ދެމެދު ބޮޑެތި ތަފާތު ކުރުންތަކެއް އެބަހުރި ކަމަށާއި މިއީ އެކަން އޮންނަން ވާނެ ގޮތެއް ނޫން ކަމަށެވެ.
ސްޓެލްކޯ އިން ވަނީ އެ މައްސަލައާ ގުޅޭ ބައެއް މައުލޫމާތުތައް ކޮމެޓީއަށް ހިއްސާ ކޮށްފައެވެ. އެގޮތުން ޖުމްލަ 33 ފަރާތެއް ގަވާއިދުން ކުލި ނުދައްކައެވެ. އެންމެ މީހަކު އެކަނި ވެސް 178،000 ރުފިޔާ ކުލީގެ ގޮތުގައި ދައްކަން އެބައޮތެވެ. ކުލީގެ ގޮތުގައި 488،000 ރުފިޔާ ނުލިބެއެވެ. ޖޫރިމަނާގެ ގޮތުގައި 155،000 ރުފިޔާ ނުލިބޭ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި