ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމާތު ޝަފީގުގެ ދައުރު ދަންމާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުން މަޖިލީހުގައި އެދިވަޑައިގެންފިއެވެ.
ނިއުމާތުގެ ދައުރު މިމަހުގެ 23ވަނަ ދުވަހަށް ހަމަވާނެއެވެ. މަޖިލިސް ރައީސް އަބްދުއްރަހީމަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ނިއުމާތުގެ ދައުރު އިތުރު ފަސް އަހަރަށް ދަންމާލަން ހުށަހަޅުއްވާ ކަމަށެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ މަގާމެކެވެ. އެ ގަނާނުގައި ބުނެފައި ވަނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާ މިންވަރު މޮނިޓާ ކުރުމަށްޓަކައި އައްޔަންކުރެވޭ މިނިވަން، މުސްތަގިއްލު ޗިލްޑްރަންސް އޮމްބަޑްސްޕާސަނެއް ހުންނަންވާނެ ކަމަށެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް މީހަކު އައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާ އަކީ ދައުލަތުގެ އިދާރާތަކުން އެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ އެ ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުމެވެ.
އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ މުއާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ، އެ މުއާހަދާއާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ވެސް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ ޒިންމާއެކެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި