މާލެ އިން ފުރައިގެން ނ. ވެލިދޫ އަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ 30 މީހުންނާއެކު މާލެއިން ފުރައިގެން ނ. ވެލިދޫއަށް ދަތުރު ކުރަމުން ދިޔަ "ލީޖަން 7" ނަމަކަށް ކިޔާ ލޯންޗަކަށް ރާޅެއް އަރައި އަޑިއަށް ގޮސްފައިވާ ކަމަށެވެ.
އެހެންކަމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ލޯންޗަށް ރާޅު އަރާފައިވަނީ ނ.ރަންދެލި ރިސޯޓު ކައިރިން ކަމަަށެވެ.
އެހެންކަމުން ލޯންޗު ވަނީ އެވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވަން ކަމަށާއި އަދި، ލޯންޗު އަޑިއަށް ގޮސްފައިވަނީ ލޯންޗުގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބިފަހުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން