މި އަހަރުގެ އަހަރުގެ ހައްޖުގެ އަޅުކަމަކީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ތިން އަހަރަށް ފަހު ލުއިތަކަކާއެކު ނުވަތަ ފުލް ކެޕޭސިޓީގައިި އަޅުކަން އަދާކުރާ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ 160 ގައުމަކުން ދެ މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން މައްކާގައި ހުންނަ އިސްލާމްދީނުގެ އެންމެ މާތް މިސްކިތަށް މި ހަފުތާގައި އެއްވާނެއެވެ. އަޅުކަމުގެ ދަތުރެއް ފަށާނެއެވެ.

ކޮވިޑްގެ ކުރިން އޮތް ވަރަށް މި އަހަރު ހައްޖު ކޯޓާ ދޫކޮށްފައިވާ ކަމަށް އިސްލާމީ އެކި ގައުމުތަކުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގައި އިސްލާމީ 57 ގައުމަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންގެ އާބާދީ އޮންނަ 100 އަށް ވުރެ ގިނަ ގައުމަކުން ދެ މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވާނެެއެވެ.

ހައްޖު އެންޑް އުމްރާގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުލް ފައްތާހު މަޝާތު ވިދާޅުވީ، ކޮންމެ ގައުމަކުން ވެސް ހައްޖަށް މީހުން ގެންދިއުމުގެ ކޯޓާ ކަނޑައެޅުމުގައި މިނިސްޓްރީން އަމަލު ކުރަމުން ދަނީ ޕެންޑެމިކްގެ ކުރިން އޮތް ގޮތަށް ކަމަށެވެ. އަދި މި މޫސުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތަކާއި ހިދުމަތްތައް މިހާރު ވެސް ވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ސިއްހީ ނުވަތަ އޮގަނައިޒޭޝަނަލް އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ ރައްކާތެރިކަމުގެ ޕްލޭންތައް ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

https://twitter.com/HaramainInfo/status/1671894216690237441

މަޝާތު ވިދާޅުވީ މައްކާ ރޯޑް އިނީޝިއޭޓިވްގައި ބައިވެރިވުމަށް ސައުދީއަށް، ގިނަ ގައުމުތަކުން އެޕްލިކޭޝަން ލިބިފައިވާ ކަމަށާއި އެ އެޕްލިކޭޝަންތައް އިންޓީރިއާ މިނިސްޓްރީން މިހާރު ރިވިއު ކުރަމުން އަންނަ ކަމަށެވެ.

ހައްޖުގެ ހިދުމަތް ދޭ ކުންފުނިތަކާއި ތަންތަން ގިންތިކުރުމާ ގުޅޭ ގޮތުން ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ ހައްޖަށް ދާ މީހުންގެ ބޮޑު ޕްލެޓްފޯމެއްގައި އާންމުކޮށްފައިވާ ކަމާއި ގުޅޭ އިވެލުއޭޝަން ފޯމްތަކުގެ ޑޭޓާއާ އެއްގޮތްވާ ގޮތުގެ މަތިން ހައްޖަށް ދާ މީހުންގެ ހިތްހަމަޖެހުން ހުރި މިންވަރަށް ބެލުމަށް ފަހު އެ ކުންފުނިތައް އަލުން ގިންތި ކުރާނެ ކަމަށެވެ. "މަޝްހޫރު ހޮސްޕިޓާލިޓީ ކުންފުނިތަކަށް ވާދަވެރި ހިދުމަތްތައް ހުށަހަޅަން ފުރުސަތު ލިބުނީ. ޑިފޯލްޓްވާ ކުންފުނިތައް ޖަވާބުދާރީ ކުރުވާނެ، ހައްޖުވެރިންނަށް ދިމާވާ ކޮންމެ އުނިކަމެއްގެ ބަދަލު ދެވޭނެ މެކޭނިޒަމްތަކެއް އެބަހުރި،" އޭނާ ވިދާޅުވިއެވެ.

މަޝާތު ވިދާޅުވީ މިއަހަރުގެ ހައްޖު މޫސުމަކީ ވަރަށް ތަފާތު މޫސުމެއް ކަމަށެވެ. އަދި ހުރިހާ ހިދުމަތަކަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ކުރިން ވެސް ވަރަށް ރަނގަޅަށް ވަމުން އަންނަ ކަމަށާއި ހައްޖު އޮޕަރޭޝަންގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ މެދުގައި އެއްބައިވަންތަކަން އުފެދިފައިވާ ކަމަށް ވިދާޅުވިއެވެ. ބިޒްނަސް ފޮލޯއަޕް އޮފީސް މެދުވެރިކޮށް ހިންގާ އެންމެންނަށް ކޯޑިނޭޓެޑް އޮޕަރޭޝަނަލް ޕްލޭނެއް އެކުލަވާލުމުގައި އެއްބާރުލުން ލިބޭއިރު، ސެންޓްރަލް ހައްޖު ކޮމިޓީން އޮޕަރޭޝަނަލް ލެވެލްގައި ހިނގާ ހުރިހާ މަސައްކަތެއް މެދުނުކެނޑި ބަލާނެ ކަމަށް ވިދާޅުވިއެވެ.

ސައުދީން ބުނީ ކޮންމެ ގައުމަކަށް ވެސް ހައްޖަށް މީހުން ގެންދިއުމުގެ ކޯޓާ ކަނޑައެޅުމުގައި އަމަލުކުރަނީ މެކޭނިޒަމްގައި ވެސް އޮތީ އެފަދަ ގޮތެކެވެ.

ޖެނެރަލް އޮތޯރިޓީ ފޮރ ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 1440 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރި މީހުންގެ އަދަދު ވަނީ 2.4 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ.

ހައްޖަށް މީހުން އައުމަށް މަގުފަހިކޮށްދޭ މައްކާ ރޯޑް އިނީޝިއޭޓިވްއަށް ގިނަ ގައުމުތަކުން ވަނީ ބޮޑު ޝައުގުވެރިކަމެއް ލިބިފައެވެ. މި މަސައްކަތުގެ ސަބަބުން ހައްޖަށް މީހުން އައުމުގެ މަރުހަލާ އަވަސްވެ، ހައްޖުވެރިންނަށް ސައުދީ އަރަބިއްޔާއަށް އެތެރެވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ ފުރުސަތު ފަހިކޮށްދީ، ފަސޭހަކަމާއެކު އަދި އަވަސް ކަމާއެކު އެގައުމަށް ވަނުމުގެ މަގު ފަހިވެގެންދެއެވެ.

https://twitter.com/HaramainInfo/status/1672333686920957952

ހައްޖަށްދާ ހުރިހާ ފަރާތްތަކަށް ދެމުން އަންނަ ހިދުމަތުގެ މިންގަނޑުތައް ދެނެގަތުމަށް 65 އަށް ވުރެ ގިނަ ފޯމް ބޭނުންކޮށްފައިވާ އިރު، ސްޓްރެޓެޖިކް، އޮޕަރޭޝަނަލް އަދި ސުޕަވައިޒަރީ ލެވެލްގައި އެ ފޯމުތައް ފޮލޯ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މަޝާތު ވިދާޅުވީ "ކްރައުޑް" މެނޭޖްކުރުމުގައި ސައޫދީ އަރަބިއްޔާގެ ޒަމާނުއްސުރެ ލިބިފައިވާ ތަޖުރިބާގެ ސަބަބުން މިފަދަ ބޮޑެތި އެއްވުންތައް ބޭއްވުމުގައި ސައޫދީ އަރަބިއްޔާ އަށް ވަރަށް ހާއްސަ ފުރުސަތެއް ލިބިފައިވާ ކަމަށެވެ.