މި ސަރުކާރު ކޯލިޝަން ގައި ހިމެނޭ އެމްއާރްއެމް ސްލޮޓުގައި ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރަމުން ދިޔަ އިސްމާއިލް ޒަބީހް މަގާމުން ވަކިކޮށްފައިވަނީ ކޯލިޝަން އެގްރީމެންޓާ ހިލާފަށް ކަމަށް ބުނެ އެމްއާރްއެމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޒަބީހް، މަގާމުން ވަކިކުރިކަމަށް އަންގާފައިވަނީ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް ވަކި ކުރި ސީދާ ސަބަބެއް އަންގާފައެއް ނުވެއެވެ. އެކަމާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ޒަބީހު މިހާތަނަށް ބުނެފައި ނުވި ނަމަވެސް، އޭނާ ނިސްބަށްވާ އެމްއާރްއެމުން ވަނީ ބަޔާނެއް ނެރެފައެވެ.
ޒަބީހު ކޮށްދީފައިވާ ހިދުމަތަށް ޝުކުރު އަދާކޮށް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ އޭނާ އަކީ އިހުލާސްތެރި އަދި ފަރުވާތެރިކަމާއެކު މަގާމުގެ ޒިންމާ އަދާކޮށްފައިވާ މީހެއް ކަމަށެވެ. އަދި މަގާމުން ވަކިކުރަން ޖެހޭވަރުގެ އެއްވެސް އަމަލެއް ޒަބީހު ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އެމްއާރްއެމުން ވަނީ ދީފައެވެ. ޒުވާނުންނަށް ފުރުސަތު ދިނުމަކީ އެމްއާރްއެމުން އިސްކަމެއްދޭ ކަމަކަށްވާއިރު ޒަބީހު މަގާމުން ވަކިކުރުން ބަލައިނުގަނެވޭނެ ކަމަށް އެ ޕާޓީގެ ބަޔާނުގައި ބުންޏެވެ.
"ޕާޓީއާއި މަޝްވަރާނުކުރައްވާ އަދި ވަކި ސަބަބެއް ބަޔާންކުރެއްވުމެއް ނެތި ކޯލިޝަން އެގްރީމެންޓާއި ހިލާފަށް ސަރުކާރުން މި ނިންމުން ނިންމާފައިވާތީ މި ޕާޓީން ކަންބޮޑުވަން" އެމްއާރްއެމުން ބުންޏެވެ.
ޒަބީހު މަގާމުން ވަކިކޮށްފައިވާއިރު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން (ޗަބީ) އަކީވެސް އެމްއާރްއެމް އަށް ނިސްބަތްވާ ބޭފުޅެކެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ