ފުލުހުންނާއި މާރާމާރީ ހިންގާ ފުލުހެއްގެ އަތުގައި ދަތްއަޅާ އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިދީފައެވެ. އިބްރާހީމް ނާއީލް ނަމަކަށް ކިޔާ އުމުރުން 23 އަހަރުގެ އެ މީހާ އަށް ތުހުމަތު ކުރަނީ އެއްވުން މަނާ ސަރަހައްދަކަށް އެއްވެ، ފުލުހެއްގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅާ މާރާމާރީ ހިންގި ކަމުގެ ތުހުމަތެވެ.
އެގޮތުން އޭނާ ހައްޔަރު ކުރަން އުޅުނު ވަގުތު ފުލުހުންނާއި މެދު މާރާމާރީ ހިންގާ އަދި ފުލުހެއްގެ ގައިގާ ދަތް އަޅާ އަނިޔާ ކޮށްފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
މީނާއަކީ މީގެކުރިން ވެސް މާރާމާރީގެ ގިނަ މައްސަލަތަކެއްގައި ހައްޔަރު ކޮށްފައިވާ ފަރާތެއް ކަމަށްވެއެވެ.
ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައި ވަނީ ކުށުގެ އަމަލުގައި އަނިޔާވެރިކަން ހިމެނިފައިވާތީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލުމަށްފަހުއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން