ގއ. ގެމަނަފުށީ މަގުތަކުގައި ތާރު އެޅުމަށް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލު ކޮށްފިއެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އާރްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން ނަދީމެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރަޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ.
ހަތްދިހަ ހަ މިލިއަން ރުފިޔާ އަށް ހަވާލުކުރި އެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
އެ މަސައްކަތުގެ ދަށުން 2.8 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރެވިގެން ދާނެއެވެ. އަދި ގެމަނަފުށީ މަގުތަކުގައި މަގުބައްތި ހަރު ކުރެވިގެން ދާނެއެވެ.
އާރްޑީސީން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި މަގު ހެދުމުގެ މަޝްރޫއުތައް ހިންގަމުންނެވެ.
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި