އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެރިކަން "ނިމެނީ، ނިމެނީ" ކަމަށް ބުނެ ކުރަމުން ދިޔަ މުޒާހަރާ ވިއްސާރައާ ގުޅިގެން ނިންމާލައިފިއެވެ.

ޕީޕީއެމްގެ އޮފީސް ދޮރުމަތިން ފެށި އެ މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާނު މަގާއި މަޖީދީމަގާއި ގުޅޭ ސަރަހައްދަށް ގޮސް މުޒާހަރާ ކުރަން ފެށިތާ ގަޑިއެއްހާއިރު ނުވަނީސް ވާރޭ ވެހެން ފެށުމާ ގުޅިގެން މުޒާހަރާގެ ބައިވެރިން އެނބުރި ޕީޕީއެމް އޮފީސް ދޮށަށް ގޮސް، މުޒާހަރާ ނިންމާލިއެވެ.

https://twitter.com/hathavees/status/1671651467512668160?s=46&t=xapWNGbbfBd0uN9xb5fzNA

މުޒާހަރާ ނިންމާލިއިރު ތިބީ މުޒާހަރާ ފެށި އަދަދަށްވުރެ މަދު ބައެކެވެ. މުޒާހަރާ ފެށި ވަގުތު ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި މާލޭގެ މޭޔަރު ޑރ. މުއިއްޒާއި ބައެއް މަޖިލިސް މެންބަރުން ތިއްބެވި ނަމަވެސް، މުޒާހަރާ ނިންމާލި ވަގުތު އެބޭފުޅުން ފެންނާކަށް ނެތެވެ. މިރޭގެ މުޒާހަރާގެ ބައިވެރިން ވަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ދިދަތަކަކާއި ޕީޕީއެމްގެ ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގެ ބައެއް ޝިއާރުތައް ހުރި ދިދަތައް ބޭނުން ކޮށްފައެވެ.

މިރޭގެ މުޒާހަރާގައި ދަ ޑިމޮކްރެޓްސްގެ މެންބަރުންނެއް ޕީޕީއެމް/ޕީއެންސީގެ މުޒާހަރާއާ ގުޅިފައެއް ނުވެއެވެ. އިދިކޮޅުން މުޒާހަރާ ފަށާފައި ވަނީ ދަ ޑިމޮކްރެޓްސްގެ ޖަލްސާ ނިމެމުން ދަނިކޮށެވެ. އޭރު ޑިމޮކްރެޓްސްގެ ހަރުގޭގައި ވާހަކަދައްކަވަމުން ގެންދެވީ މަޑަވެލި ދާއިރާގެ މެންބަރު ފިރުޝާނެވެ. އިދިކޮޅު މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާނު މަގާއި މަޖީދީމަގާއި ގުޅޭ ސަރަހައްދަށް ދިޔަތަނާހެން، ޑިމޮކްރެޓްސްގެ ޖަލްސާ ވަނީ ނިންމާލައިފައެވެ.

[caption id="attachment_53469" align="alignnone" width="1290"] މުޒާހަރާގެ އިސް ސަފުގައި އިދިކޮޅު ލީޑާޝިޕް: ނިމުނު ވަގުތު ލީޑާޝިޕުގެ ބޭފުޅުންނެއް ނެތް— ފޮޓޯ: ޙުސައިން ޙަސަން | ހަތާވީސް[/caption]

ޑިމޮކްރެޓްސްގެ މެންބަރުން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މުޒާހަރާއާ ކުރިން ގުޅުނު ނަމަވެސް، މިރޭގެ މުޒާހަރާގައި އެ މީހުން ބައިވެރިވެފައެއް ނުވެއެވެ. މުޒާހަރާއާ ގުޅިފައި ނުވާ ވަކި ސަބަބެއް ހާމައެއް ނުކުރެއެވެ. އެކަމަކު އިދިކޮޅުގެ މުޒާހަރާގައި "އިންޑިއާ އައުޓް" ދިދަ ބޭނުން ކޮށްފައިވުމަކީ އެކަމުގެ ސަބަބެއް ކަމަށް ބެލެވެއެވެ. ޑިމޮކްރެޓްސްގެ އިސް ސަފުގައި ތިއްބެވި މެންބަރުން ގަބޫލުކުރާ ގޮތުގައި ވަކި ގައުމަކާއި އެގޮތަށް "ޖައްސާލައިގެން" އުޅުމަކީ އެޕާޓީން ގަބޫލުކުރާ އުސޫލެއް ނޫނެވެ.

މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން ބައެއް މީހުން މިރޭވެސް ވަނީ، އެމްޓީސީސީގެ އާރްޓީއެލްގެ ބަހަށް ދަތިވާ ގޮތަށް އަމަލުތައް ބަހައްޓައިފައެވެ. އެގޮތުން ބަސްތަކަށް ނުދެވޭ ގޮތަށް ބަސްތައް ކުރިމަތީގައި ހުއްޓިލައިގެން ބައެއް އާއްމުން ތިބި މަންޒަރު "ހަތާވީސް"ގެ ނޫސްވެރިންނަށް ފެނިފައިވެއެވެ. އެ ސަރަހައްދުގެ އަމަން ބެލެހެއްޓުމުގައި ފުލުހުން ވެސް ދިޔައީ ހަރަކާތްތެރިވަމުންނެވެ.

[caption id="attachment_53470" align="alignnone" width="2560"] މުޒާހަރާ ރޫލާލަން ފުހުން ތައްޔާރުވެފައި: ވާރޭ ވެހެން ފެށުމުން މުޒާހަރާ ނިންމާލީ ރޫލާލަން އިންޒާރުދީފައި ވަނިކޮށް— ފޮޓޯ: ޙުސައިން ޙަސަން | ހަތާވީސް[/caption]

ވިއްސާރައާ ގުޅިގެން މުޒާހަރާ ނިންމާލާފައި ވަނީ މުޒާހަރާ ރޫޅާލަން ފުލުހުން އިންޒާރު ވެސް ދީފައި ވަނިކޮށެވެ.