އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ވަނީ އެމަނިކުފާނު އެމްޑީޕީން ވަކިވިކަމުގެ ސިޓީ ސޯޝަލް މީޑިއާގައި އާއްމު ކުރައްވައިފައެވެ.
އެ ޓްވީޓުގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންކަން މިވަގުތު ހިނގަމުންދާ ގޮތަށް ބަލާ އެމަނިކުފާނު އެމްޑީޕީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
އެމްޑީޕީ ޕްރައިމަރީން ބަލިވިތާ، ހަތަރު މަހާއި 22 ދުވަސް ފަހުން، މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންނާ ބައްދަލު ކުރައްވައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މުޅި އެމްޑީޕީ، ޑިމޮކްރެޓްސްއަށް ބަދަލު ކުރުމުގެ މަސައްކަތް ސެޕްޓެމްބަރު 9ގެ ފަހުން ހިނގާނެ ކަމަށެވެ. ސެޕްޓެމްބަރު 9 ވަނަ ދުވަހަކީ ރިޔާސީ އިންތިހާބު ބާއްވާ ދުވަހެވެ.
"އަޅުގަނޑު އެމްޑީޕީ ދޫކޮށްނުލާ މި ހުންނަނީ މި ޕާޓީ ޑިމޮކްރެސްޓްގެ ތެރެއަށް، މުޅި އެމްޑީޕީ ގެނައުމުގެ ނިޔަތުގައި. އަޅުގަނޑު ދެންމެވެސް ދަންނަވައިފިން އެ މަސައްކަތް ހިނގާނެއޭ ސެޕްޓެމްބަރު 9ގެ ފަހުން،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ނަޝީދު ވަކިވެވަޑައިގެންފައި މިވަނީ އެމަނިކުފާނާއި މަޖިލީހުގެ ނާއިބު ރައީސް އީވާ ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
ތަފްސީލް އަންނަނީ…
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ