މަރުތަޅު އަޅުގައިގެން މަޖިލިސް ބޭއްވުމަކީ އިތުބާރު ނެތް ބައެއްގެ އިތުބާރު އޮތުން ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލިސް ގަވާއިދާ ހިލާފަށް ކުރިޔަށް ގެންދާއިރުގައި ވެސް އެމްޑީޕީން މަޖިލީހުގެ ރިޔާސަތުން ފޮނުވާ އެޖެންޑާގައި ހުންނަ ކަންކަމުގައި ބައިވެރިވަނީ މަޖިލިސް ގަވާއިދާ ހިލާފަށް ނުހިންގާކަން ގަބޫލު ނުކުރާތީ ނޫން ކަމަށެވެ. އެމްޑީޕީން އަދިވެސް ގަބޫލުކުރަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅި އެ މުއްދަތުތައް ހަމަވުމުން، މަޖިލީހުގެ ޖަލްސާއެއް ބާއްވާ އެ ޖަލްސާ އަކަށް އެ މައްސަލަތައް ހުށަހަޅަން ވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް ލާޒިމް ކުރާ ފަރާތުން އެ ޖަލްސާއެއްގެ ރިޔާސަތު ވެސް ބަލަހައްޓަން ވާނެ ކަމަށާއި އެފަދަ މައްސަލަ އެއް މަޖިލީހަށް ހުށަހެޅިއްޖެ ނަމަ އެހެން އިތުރު އެއްވެސް މަސައްކަތެއް ކުރަން ވާނީ އެ މައްސަލައެއް ނިންމުމަށްފަހު ކަމަށް އިއްޔެވެސް އަސްލަމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އަސްލަމްގެ ވާހަކަފުޅުގައި މަޖިލީހުގެ ގަވާއިދަށް އޭނާ ހުށަހެޅި އިސްލާހުތަކުގެ މަސައްކަތް ވެސް ކުރިޔަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅު ކުރައްވާފައެވެ. އަދި ކޮމެޓީތައް ކުރިޔަށް ނުދާތީ ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ހާއްސަކޮށް ގާނޫނުއަސާސީން އެ ކޮމެޓީއެއް އޮންނަން ވާނެ ކަމަށް ބަޔާން ކޮށްފައިވާ 241 ކޮމެޓީގެ މަސައްކަތްތައް ހުއްޓިފައިވާތީ އެ ކޮމެޓީގެ މުގައްރިރުގެ ހައިސިއްޔަތުން އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"މަޖިލީހުގެ ބާރުވެރިކަމުގައި ތަޅު އަޅުވައިގެން ބާއްވައިގެން އެއީ އިތުބާރު އޮތް ކަމަކަށް ނުވާނެ. އިތުބާރު ނެތް މީހުންގެ އިތުބާރެއް ނެތް. އެއީ ސާފު މައްސަލައެއް،" އަސްލަމް ވިދާޅުވިއެވެ.

ވީޑިއޯ:

https://twitter.com/hathavees/status/1671087272815644673?s=20