ޓައިޓޭނިކް ފެތިފައި އޮތް ސަރަހައްދު ބަލަން، ފަތުުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރަމުން ދިޔަ ސަބްމެރިންއެއް ގެއްލިގެން އެޓްލާންޓިކް ކަނޑުގެ މެދުގައި ބޮޑު ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފަށައިފިއެވެ. ފީނިތާ ގާތްގަނޑަކަށް އެއް ގަޑިއިރާއި 45 މިނެޓު ފަހުން ސަބްމެރީނާ ގުޅުން ކެނޑިފައިވާ ކަމަށް އެމެރިކާގެ ކޯސްޓްގާޑުން ބުނެއެވެ.

ސަބްމެރިންގައި ތިބި ފަސް މީހުން ސަލާމަތް ކުރުމަށް ޓުއާތައް ހިންގާ ކުންފުނި އޯޝަންގޭޓް އިން އަންނަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. 3،800 މީޓަރު (12،500 ފޫޓް) އަޑިއަށް ޑައިވް ކުރެވޭ އެ ސަބްމެރިންގެ އަށް ދުވަހުގެ ޓިކެޓުގެ އަގަކީ 250،000 ޑޮލަރެވެ.

އެމެރިކާ އާއި ކެނެޑާގެ ކަނޑުގެ އަސްކަރިއްޔާ އާއި ސަރުކާރުގެ އިދާރާތަކާއި ކަނޑުގެ އަޑިން ދަތުރުކުރާ ކުންފުނިތަކުން ދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޓައިޓޭނިކްގެ ބޯޓު ބައިތައްް ހުރީ ނިއުފައުންޑްލޭންޑްގެ ސެއިންޓް ޖޯންސްގެ ދެކުނުން ގާތްގަނޑަކަށް 435 މޭލު (700 ކިލޯމީޓަރު) ދުރުގައި ކަމަށް ވިޔަސް، ރެސްކިއު އޮޕަރޭޝަންތައް ހިންގަނީ މެސަޗޫސެޓްސްގެ ބޮސްޓަން އިންނެވެ.

https://twitter.com/gabeschnitzel/status/1670882961606995968

ގެއްލުނު ސަބްމެރިން އަކީ އޯޝަންގޭޓްގެ "ޓައިޓަން ސަބްމާސިބަލް" ކަމަށް ބެލެވޭ އިރު، ޓްރަކް ސައިޒްގެ އެ އުޅަނދުގައި ފަސް މީހުންނަށް ދަތުރުކުރެވެއެވެ. އާންމުގޮތެއްގައި އެ ސަބްމެރިން ފީނަނީ ހަތަރު ދުވަހުގެ އިމަޖެންސީ އޮކްސިޖަން ސަޕްލައިއަކާ އެކުއެވެ.

ހޯމަ ދުވަހު އެމެރިކާގެ ކޯސްޓްގާޑުގެ ރިއާ އެޑްމް ޖޯން މައުގާ ވިދާޅުވީ ބޯޓުގައި ތިބި މީހުންނަށް 70 ގަޑިއިރާއި 96 ގަޑިއިރާއި ދެމެދުގެ އަދަދަކަށް އޮކްސިޖަން ލިބެން ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ސަބްމެރިން ހޯދުމުގެ މަސައްކަތުގައި މަތިންދާ ބޯޓާއި ސަބްމެރިންގެ އިތުރުން ސޮނާރު ބޯއީސް ހިމެނެއެވެ. ނަމަވެސް ސާޗް އޭރިއާ އަކީ ރިމޯޓް ސަރަހައްދަކަށް ވުމުން އޮޕަރޭޝަނަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

މައުގާ ވިދާޅުވީ ރެސްކިއު ޓީމުތަކުން އެކަން އަމިއްލަ މިޝަނަކަށް ހަދައި، ބޯޓުގައި ތިބި މީހުން ރައްކާތެރިކަމާއެކު އަނބުރާ ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.

https://twitter.com/QuabbinSnake/status/1670798092751327232

ގެއްލުނު ސަބްމެރިންގައި ތިބި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ބިލިއަނަރު ވިޔަފާރިވެރިޔާ އަދި އެކްސްޕްލޯރާ، އުމުރުން 58 އަހަރުގެ ހަމިޝް ހާޑިން ހިމެނެއެވެ. އޭނާގެ އާއިލާއިން ވަނީ މި މިޝަންގައި އޭނާ ބައިވެރިވިކަން ކަށަވަރުކޮށްދީފައެވެ.

އޯޝަންގޭޓުން ބުނީ އެ ކުންފުނީގެ މުޅި ފޯކަސް އޮތީ ސަބްމާސިބަލްގައި ތިބި ފަޅުވެރިންނާއި އެމީހުންގެ އާއިލާތަކަށް ކަމަށެވެ.

އަދި ސަބްމާސިބަލްއާ އަލުން ގުޅުން ގުޅުމަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރުގެ ބައެއް އިދާރާތަކާއި ޑީޕް ސީ ކުންފުނިތަކުގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އެ ޖަމިއްޔާގެ ވެބްސައިޓުގައި ވާގޮތުން އެއް އެކްސްޕެޑިޝަން ކުރިއަށްދާ އިރު، އިތުރު ދެ އެކްސްޕެޑިޝަނެއް 2024 ވަނަ އަހަރުގެ ޖޫން މަހަށް ވަނީ ރާވާފައެވެ.

ސަބްމާސިބަލްގައި އާންމުގޮތެއްގައި ޕައިލެޓަކާއި ތިން ޕޭއިންގެސްޓުންނާއި އެ ކުންފުނިން "ކޮންޓެންޓް އެކްސްޕާޓެއް" ގެ ނަމުން ނަން ދެއެވެ.

https://twitter.com/GarysheffieldJr/status/1671023156134305792

އޯޝަންގޭޓް ވެބްސައިޓްގައި ބުނެފައިވާ ގޮތުން ޓައިޓޭނިކްގެ ބައިތައް ހުރިތަނަށް ޑައިވް ކުރުމުގެ ގާބިލުކަން ލިބިފައިވާ ހަމައެކަނި، އެ ކުންފުނީގެ އުޅަނދަނީ ޓައިޓަންއެވެ.

ބަރުދަނުގައި 10،432 ކިލޯ ހުންނަ އެ އުޅަނދަށް 13،100 ފޫޓަށް އަޑިއަށް ވާސިލުވެވޭނެ ކަމުގެ ގާބިލްކަން ލިބިގެންވެއެވެ. ފަސް މީހުންގެ ފަޅުވެރިއަކަށް 96 ގަޑިއިރުގެ ލައިފް ސަޕޯޓް ލިބޭނެ ކަމަށް ވެބްސައިޓްގައި ބުނެފައިވެއެވެ.

އެ އުޅަނދުގެ ވެރިފަރާތުން ބީބީސީއަށް މައުލޫމާތު ދެމުން ބުނީ ސަބްމާސިބަލްތައް އެ ތަނަށް ގެންދިއުމަށް ބޭނުންކުރާ ޕޯލާ ޕްރިންސް ނަމަކަށް ކިޔާ އުޅަނދެއް އެ ދަތުރުގައި ބައިވެރިވެފައިވާ ކަމަށެވެ.

މީގެ ކުރިން ޓައިޓަން ސަބްމާސިބަލްގައި ދަތުރުކޮށްފައިވާ ސީބީއެސްގެ ރިޕޯޓަރު ޑޭވިޑް ޕޮގު ބުނި ގޮތުގައި ސަބްމާސިބަލްގެ ތެރޭގައި ތިބި ފަޅުވެރިންނާއި އެއްގަމުގައި ތިބި ޓީމަށް ވެސް މިހާރުގެ ހާލަތު ދެނެގަތުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ޕޮގު ބީބީސީއަށް ތަފްސީލުކޮށްދިން ގޮތުގައި ޖީޕީއެސް އާއި ރޭޑިއޯ ސިގްނަލްތައް ކަނޑުއަޑީގައި މަސައްކަތް ނުކުރާތީ ސަބްމާސިބަލްއާ މުއާމަލާތް ކުރުމަކީ މިހާރު ނާދިރު ކަމެކެވެ.

ޕޮގު ވިދާޅުވީ ސަޕޯޓް ޝިޕް ސީދާ ސަބްމެރިންގެ މަތީގައި އޮތުމުން ކުރު ޓެކްސްޓް މެސެޖްތައް ބަދަލު ކުރެވޭނެ ކަމަށެވެ. ނަމަވެސް މި މެސެޖުތަކަށް ގެއްލުނު އުޅަނދުން މިހާރު ޖަވާބެއް ނުލިބޭ ކަމަށް ބެލެވެއެވެ.

1912 ވަނަ އަހަރު ސައުތުހެމްޓަނުން ނިއުޔޯކަށް، ޓައިޓޭނިކް ކުރި ފުރަތަމަ ދަތުރުގައި އައިސްބާގެއްގައި ޖެހި އެކްސިޑެންޓްވިއެވެ. ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭ ގޮތަށް ބޯޓުގައި ތިބި 2،200 މީހުންގެ ތެރެއިން 1،500 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. 1985 ވަނަ އަހަރު ޓައިޓޭނިކްގެ ބައިތައް ވަނީ ހޯދާފައެވެ.