އިސްރާއީލުގެ ސިފައިން ހުޅަނގު އައްސޭރީގައި ދިން އަނިޔާވެރި ހަމަލާތަކުގައި ކުޑަކުއްޖަކު ހިމެނޭ ފަސް މީހަކު މިއަދު މަރާލި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އިސްރާއީލުން އަނިޔާވެރި އެ ޖަރީމާ ހިންގާފައި ވަނީ މިއަދު ހެނދުނު ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅޭ ފަލަސްތީނު ބަޔަކާ ދެކޮޅަށެވެ. އަނިޔާވެރި އިޒުރޭލު ސިފައިން ރެފިއުޖީ ކޭމްޕުތަކަށް ވަދެގަނެ، ވިހަ ގޭހާއި ބަޑީގެ ހަމަލާތައް ދީފައިވެއެވެ. އެ ހަމަލާތައް ދެމުންދިޔަ ވަގުތު އިޒުރޭލުގެ ހެލިކަޕްޓަރުތަކުން ވެސް ދިޔައީ ކޭމްޕުތަކަށް ހަމަލާދެމުންނެވެ. މިއީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ވައިގެ މަގުން ހުޅަނގު އައްސޭރިއަށް އިޒުރޭލުން ހަމަލާދިން ފުރަތަމަ ފަހަރެވެ.

[caption id="attachment_53244" align="alignnone" width="1024"] ފަލަސްތީނުގައި އިޒުރޭލުން މިއަދު ހިންގި ހަމަނުޖެހުންތަކާ ދެކޮޅަށް އާންމުން ނުކުންނަނީ[/caption]

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒުރޭލުގެ ހަމަލާތަކުގައި ކުށެއްނެތް އާންމުންނަށް އަނިޔާވެފައިވާތީ އާއި އިޒުރާއިލްގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުން ފަރާތުން ތައުޒިޔާ ފޮނުވާ ކަމަށެވެ.

"ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކުގައި ތިބި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ހަތިޔާރު ނެތް އާންމުންނަށް އިސްރާއީލުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާތީ ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވެއެވެ،" އިސްރާއިލުން ދިން ހަމަލާތަކުގައި 91 މީހަކު ޒަހަމްކޮށްލި ހާދިސާ ކުށްވެރިން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މެދުއިރުމަތީގެ ހައްލަކީ "ޓޫ ސްޓޭޓް ސޮލިއުޝަން،" ނުވަތަ ދެ ދައުލަތް ގާއިމު ކުރުމެވެ.

[caption id="attachment_53245" align="alignnone" width="1024"] ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން މިއަދު ހިންގި "ޒަރީމާ"[/caption]

އެގޮތުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖައްސަންޖެހޭ ކަމަށާއި ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމަށް ބަޔާނުގައިވެއެވެ.