ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ، ހުންނަވާއި އުފައްދާ ދަ ޑިމޮކްރެޓްސް އުފައްދަން އިލެކްޝަން ކޮމިޝަން އަށް ހުށަހަޅާފައިވާ ފޯމްތައް ޕްރޮސެސްކޮށް މިއަދަށް ނިންމާލެވޭވަރުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް (ހަސަންކޮ) އަށް ދީފައިވާއިރު ޕާޓީ ރަޖިސްޓްރީކުރަން ބޭނުންވާ 3560 ފޯމް އީސީއަށް ހުށަހަޅާފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ.
އީސީގެ ރައީސް ފުއާދު ތައުފީގް "ހަތާވީސް" އަށް ވިދާޅުވީ މިހާރު މަސައްކަތްކުރަނީ މުވައްޒަފުންނާ ވާހަކަ ދައްކައިގެން ފޯމް ޕްރޮސެސިން މިއަދަށް ނިންމާލުމަށް ކަމަށެވެ.
"މިއަދަށް ނިންމާލެވޭތޯ ބަލަނީ މުވައްޒަފުންނާ ވާހަކަ. ދެންމެ ޗެކްކުރި އިރު މިއަދަށް ނިންމާލެވެނޭ،" ފުއާދު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް އިން ބުނެފައިވާ ގޮތުން ހަފްތާއެއްގެ ތެރޭގައި 3000 މެމްބަރުން ހަމަކުރެވުނީ ޕާޓީއަށް މެމްބަރުން ހޯދަން ރަށްރަށަށް ދަތުރުތަކެއް ކޮށްގެން ނޫން ކަމަށެވެ.
ދަ ޑިމޮކްރެޓްސް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އެމަނިކުފާނުގެ "ލޯޔަލިސްޓުން" އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ޕާޓީއެކެވެ. ނަމަވެސް ނަޝީދު އަދިވެސް ހުންނަވަނީ އެމްޑީޕީގައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެކަން ރަަސްމީކޮށް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެމްޑީޕީގެ ތެރެއިން އިތުރު ޕާޓީއެއް އުފައްދަން ޖެހުނީ ޑިމޮކްރެޓިކްސް އުސޫލާ ހިލާފަށް ކަންކަން ކުރިއަށް ގެންދާތީވެ ކަމަށް އެ ޕާޓީން ވަކި ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ބަޖެޓު 2026: ބިން ހިއްކުމާއި އިމާރާތް ކުރުމަށް 3.8 ބިލިއަން ރުފިޔާ
ގޯއްޗާއި ފްލެޓް ދިނުން ލަސްކުރުމަކީ އަނިޔާވިރިވުން: އާޒިމް
ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް