މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން އާބަން ގެޓްއަވޭއެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ކުޑަގިރި އާންމުންނަށް ހުޅުވާލައި އެތަނުގެ ހިތްގައިމު ކަމާއި ތަފާތު މާހައުލުގެ އުފާވެރިކަން އާންމުން ހޯދަމުން އަންނަތާ މިހާރު ހަތަރު މަސް ދުވަސްވެއްޖެއެވެ.

ހަފްތާ ބަންދުތަކުގައި އައިލާތަކާއި ރަހުމަތްތެރިންގެ ގްރޫޕްތައް ކުޑަގިރީގެ ޓެންޓުތަކާއި އަށިތައް ފުރާލާއިރު، ރޭގަނޑު ގަޑީގެ ބާބަކިއުތަކާއި ބީޗް "ޑިނާ" ތަކަށް ވެސް އެތަނަށް ދާ މީހުން ވަކި މަދެއް ނޫނެވެ. މާލެ ސަރަހައްދުގައި އާންމުނަށް ދަތުރު ގޮސް އުޅެވޭނެ ހިތްގައުމު މާހައުލަކަށް ކުޑަގިރިވެފައިވާއިރު، އެތަނުން ލިބޭ ހިދުމަތްތަކީ ހަމައެކަނި އެއީއެއް ނޫނެވެ. ގިނަ ވަސީލަތްތަކާއި ފަސޭހަތަކާއި އެކު ޕްލޭން ކުރެވި ތަރައްގީ ކުރެވިފައިވާ ކުޑަގިރި ބަލަހައްޓަމުން ގެންދާ އާބަންކޯ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ، ކުޑަގިރިން ލިބިދޭ ހިދުމަތްތައް އިތުރުކޮށް، ފެންވަރު އިތުރަށް ރަނގަޅު ކުރުމަށެވެ. ޒަމާނީ ވަސީލަތްތަކާއި އެކު ތަރައްގީކޮށްފައިވާ ކުޑަގިރި އަކީ ހަފްލާތަކާއި، ޕާޓި އަދި ކޯޕަރޭޓް އިވެންޓުތައް ބޭއްވުމަށް ވެސް ދެވަނައެއް ނެތް ތަނެކެވެ.

[caption id="attachment_47510" align="aligncenter" width="2159"] ކުޑަގިރި ޗާޓު: މި ރަށަކީ ރައީސްގެ ރިޔާސީ ވައުދެއް[/caption]

އާބަންކޯ އިން ބުނީ ކުޑަގިރި ހުޅުވައިގެން މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ވެސް ރާއްޖޭގައި ހިންގަމުން އަންނަ ގިނަ ކުންފުނިތަކުގެ ހަފްލާތަކާއި އަހަރީ ޖަލްސާ ފަދަ ބޮޑެތި އިވެންޓުތައް ވަނީ ކުޑަގިރީގައި ބާއްވާފައެވެ. އެގޮތުން މިވީ ހަތަރު ތެރޭގައި ޖުމްލަ 10 ބޮޑު ކޯޕަރޭޓް އިވެންޓު ކުޑަގިރީގައި ވަނީ ބާއްވާފައެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ އަހަރީ އިވެންޓާއި، ދިރާގު އަދި ވެމްކޯގެ އަހަރީ އިވެންޓުގެ އިތުރަށް އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި އިވެންޓަކާއި، މި ނޫން ވެސް އެކި ކުންފުނިތަކުގެ ޓީމް ބިލްޑިންގ އިވެންޓުތައް ވެސް ހިމެނެއެވެ.

ބޮޑެތި ކޯޕަރޭޓް އިވެންޓުތަކަށް ކުޑަގިރިން ފުރުސަތު ހުޅުވާލާފައިވާއިރު، މިފަދަ އިވެންޓުތައް ބޭއްވުމަށް ކުޑަގިރީގެ އިވެންޓް ސްޕޭސްގެ އިތުރަށް ގިނަ އެހެން ހިދުމަތްތައް ވެސް ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި އިވެންޓް ޕްރޮޑަކްޝަން އިން ފެށިގެން ގޮސް ސެޓަޕް އާއި އިވެންޓަށް ބޭނުންވާ މިފަދަ ހުރިހާ ބޮޑެތި ހިދުމަތްތަކެއް ކުޑަގިރި ޓީމުން ފޯރުކޮށްދޭނެއެވެ.

އާބަންކޯ އިން ބުނީ ކުޑަގިރީގެ މައިގަނޑު ޓާގެޓަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނާއި، އާއިލާތަކަށް ހިތްގައުމު މާހައުލެއް ފޯރުކޮށްދިނުން ކަމަށްވާއިރު، އިވެންޓުތައް ބޭއްވުމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން އުފަންދުވަހުގެ ޕާޓީތަކާއި، އެކި ކަހަލަ އާއިލީ އެއްވުންތަކަށް ވެސް ކުޑަގިރި ބުކް ކޮށް، އިވެންޓް ސްޕޭސް އެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތަށް އެކަމަށްޓަކާ ބޭނުންވާ ޓްރާސްޕޯޓް ޚިދުމަތާއި އެހެނިހެން ވެސް ޚިދުމަތްތައް އެ ފަރާތްތަކަށް ލިބިގެންދާނެއެވެ.

ކުޑަގިރީގައި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރައްވައިގެން ބުކް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.