ފީލްޑް އެޑްމިނިސްޓްރޭޝަން ދާއިރާއިންދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ރާއްޖޭގެ ސިވިލް ސާވަންޓުންގެ 24 ވަނަ ބެޗް އިންޑިއާއަށް ފުރާގޮތަށް ހަމަޖެހިއްޖެއެވެ.

އެ ތަމްރީނުތަކަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) މޯލްޑިވްސް އާއި ނޭޝަނަލް ސެންޓާ ފޯ ގުޑް ގަވަރނަންސް (އެންސީޖީޖީ) އާ ދެމެދު 2019 ވަނަ އަހަރުގެ ޖޫން މަހު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ތަމްރީނެކެވެ. އެ ބެޗްގައި ހިމެނެނީ މާލޭގެ ވުޒާރާތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ރަށު އަދި އަތޮޅު ކައުންސިލްފަދަ ރާއްޖޭގެ އެކި މުއައްސަސާތަކުން 40 ސިވިލް ސާވަންޓުންނެވެ. މި ބެޗާއެކު އެމްއޯޔޫގެ ދަށުން ތަމްރީނު ލިބިފައިވާ ތަމްރީނުވެރިންގެ އަދަދު 726 އަށް އަރެއެވެ.

އެމްއޯޔޫގެ ދަށުން ހިންގާ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ސީއެސްސީ ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށެވެ. އެގޮތުން ސީއެސްސީ އާއި އެންސީޖީޖީ ގުޅިގެން ހިންގާ ޕްރޮގްރާމްތައް އެކި ފަހަރު މަތިން ވަނީ މުރާޖާކުރެވިފައެވެ. އެންސީޖީޖީއިން ދަނީ އެމްއޯޔޫގެ ދަށުން ފަސް އަހަރުގެ ތެރޭގައި (2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް) 1000 ސިވިލް ސާވިސް މުވައްޒަފުން ތަމްރީނުކުރުމުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތްކުރަމުންނެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އެންސީޖީޖީގައި ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ދަތުރުގައި އިންޑިއާ-މޯލްޑިވްސް ރިލޭޝަންޝިޕް، އެޕްރޯޗްސް ފޯ އިންކްލޫސިވް ޑިވެލޮޕްމަންޓް، ޗޭންޖިންގ ޕެރެޑައިމް އޮފް ގަވަރނަންސް، އެތިކަލް ޕާސްޕެކްޓިވް އިން ގަވަރނަންސް، އިނޮވޭޝަން އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޖެންޑާ އެންޑް ޑިވެލޮޕްމަންޓް: ޕޮލިސީސް އެންޑް ޕްރެކްޓިސް، ސެންޓްރަލައިޒްޑް ޕަބްލިކް ގްރީވެންސް ރިޑްރެސަލް އެންޑް މޮނިޓަރިން ސިސްޓަމް، ޕީޕީޕީ ފޯ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް، ޕަބްލިކް ހެލްތު ބިހޭވިއާ ފަދަ މައުޟޫއުތަކާ ބެހޭ ގޮތުން ތަޖުރިބާކާރުންގެ މަޝްވަރާއި ބަހުސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

https://twitter.com/cscmaldives/status/1667454765041868802

އެމްއެސްއެމްއީ އެންޑް އެސްއެމްއީ، ޕަބްލިކް ކޮންޓްރެކްޓްސް އެންޑް ޕޮލިސީސް، ކްލައިމެޓް ޗޭންޖް އެންޑް އިޓްސް އިމްޕެކްޓް އޮން ބަޔޯޑައިވާސިޓީ، ސްކިލް ޑިވެލޮޕްމަންޓް، އިންޑިއާގައި ފަގީރުކަން ނައްތާލުން ފަދަ ތަފާތު މަޝްރޫޢުތަކާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނު، އެންޓި ކޮރަޕްޝަން ސްޓްރެޓެޖީސް، ވިޖިލެންސް އެޑްމިނިސްޓްރޭޝަން، އީ-ގަވަރނަންސް އެންޑް ޑިޖިޓަލް އިންޑިއާ، ޑީއިޖިޓަލް ގަވަރނަންސް އެންޑް ޕަބްލިކް ސާވިސް ޑެލިވަރީ، ޓެކްސް އެޑްމިނިސްޓްރޭޝަން އެންޑް ޑިޖިޓަލް ގަވަރނަންސް، ފިންޓެކް އެންޑް އިންކްލޫޝަން،ސްޓްރެސް މެނޭޖްމަންޓް، ސެނިޓޭޝަން އެންޑް ޕަބްލިކް ހެލްތް ބިހޭވިއާ ފަދަ މަޢުލޫތައް ހިމެނިފައިވެއެވެ. މި ތަމްރީނުތަކުގެ ތެރެއިން ރީތި އަދި ދުނިޔޭގެ އަޖައިބުތަކުގެ ތެރޭގައި ހިމެނޭ ތާޖް މަހަލް އަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

2019 ވަނަ އަހަރުން ފެށިގެން، ކޮވިޑް19ގެ ގެ ގޮންޖެހުންތަކާއެކުވެސް، އެކި ދާއިރާތަކުން ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގ ގައި ބައިވެރިވުމަށް 2200 އަށް ވުރެ ގިނަ ދިވެހިން ވަނީ އިންޑިއާއަށް ދަތުރުކޮށްފައެވެ. އޭގެތެރޭގައި ސިވިލް ސާވިސަސް އެންޑް ގުޑް ގަވަރނަންސް، ސެކިއުރިޓީ، ކަސްޓަމްސް، މީޑިއާ، ޖުޑީޝަރީ، އޮޑިޓް އެންޑް ފައިނޭންސް، ހެލްތް، އެގްރިކަލްޗަރ، ޑިސެންޓް ރެލައިޒޭޝަން، އެންވަޔަރަންމަންޓް، ޔޫތު އެންޑް ސްޕޯޓްސް ފަދަ ދާއިރާތައް ހިމެނެއެވެ.

އެންސީޖީޖީ އަކީ އިންޑިޔާ ސަރުކާރުގެ މިނިސްޓްރީ އޮފް ޕާސަނަލް، ޕަބްލިކް ގްރިވެންސަސް އެންޑް ޕެންޝަންގެ ދަށުން ހިންގަމުން އަންނަ އަމިއްލަ އަދި އެންމެ މަތީ ފެންވަރުގެ މުއައްސަސާއެކެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަކާލާތު ކުރައްވާ "ވަސުދޭވާ ކުޓުމްބަކަމް" އާއި "ނެއިބާހުޑް ފަސްޓް" ސިޔާސަތުގެ ފަލްސަފާއާ އެއްގޮތްވާ ގޮތުގެ މަތިން، އެންސީޖީޖީގެ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތަކުގެ މަގްސަދަކީ، ރައްޔިތުންނާ ގުޅޭ ސިޔާސަތުތަކާއި، ހެޔޮވެރިކަމާއި، ހިދްމަތް ފޯރުކޮށްދިނުން ހަރުދަނާކުރުމާއި، އެއާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް،ބާކީ ނުކުރުން ކަށަވަރުކުރުމެވެ.