ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައި ދެ ފުޓްސަލް ދަނޑުއެޅުމަށް ނިންމާފައިވާކަން އާބަންކޯ އިން އިއުލާންކޮށްފިއެވެ.
އާބަންކޯ އިން މިއަދު ބުނީ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އެ ސަރަހައްދުގައި ދިރިއުޅެމުން ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީ ކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން، މިހާރު އެ ސަރަހައްދުގައި ވަގުތީ ގޮތުން ހަދާފައިވާ ފުޓްސަލް ދަނޑު ހުރި ސަރަހައްދުގައި ޒަމާނީ އަދި ފެންވަރު ރަނގަޅު ދެ ދަނޑު އެޅުމަށް ޔޫތް މިނިސްޓްރީން މިހާރު ޒެބްކޯ ނަމަކަށް ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ.
ހުޅުމާލޭ ފޭސް 2 ހިޔާ ސަރަހައްދު (ޕްލޮޓް ނަމްބަރު N6-38a) ގައި ދެ ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ޒެބޮކް އާއި ހަވާލުކުރީ 4،265،024.44 (ހަތަރު މިލިއަން ދެލައްކަ ފަސްދޮޅަސް ފަސްހާހް ސައުވީސް ރުފިޔާ ސާޅީސް ހަތަރު ލާރި) އަށެވެ. އަދި އެ މަސައްކަތް ޒެބޮކް އާއި ހަވާލުކުރީ މަސައްކަތް ފަށާތާ 55 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
މި ދަނޑުތައް އެޅުމުން އެސަރަހައްދުގައި ދިރިއުޅޭ ކުދި ބޮޑު އެންމެހާ ފަރާތްތަކަށް ވެސް ކުޅިވަރު ކުޅުމަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާބަންކޯ އިން ބުނެއެވެ. އަދި އެނޫން ވެސް ގިނަ އިތުރު ކުޅިވަރުތައް ކުޅޭނެ ތަންތަން ތަރައްގީ ޔޫތް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ އާބަންކޯއިން ބުންޏެވެ.
ކުޑަ ހައިމާކަކުން ކުރެންދޫ ފަޅު ފުންކުރާތީ ޔާމީން ފާޑުވިދާޅުވެއްޖެ
އަންނަ އަހަރުގެ ބަޖެޓުން ބާކީ ހުރި ވައުދުތައް ފުއްދޭނެ: ރައީސް
މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ރައީސަކަށް ފަރުޝަތު
ވެލާނާ އެއާޕޯޓުން ޑޮލަރުތައް ފޭރުނު މައްސަލާގައި ބަޔަކު ހައްޔަރަށް
ރިޒާ އިސްތިއުފާ ދެއްވުމުން، ހުސްނީ ޖޭއެސްސީގެ މެމްބަރުކަމަށް
އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި