މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި (އެސްޓީއޯ) އިން މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ "ހެއްޔާ މަކިޓާ މުބާރާތް 2022" ގެ ވަނަ ވަނައަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ބައިވެރިންނަށް އިނާމު ހަވާލުުކޮށްފައި ވަނީ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައި އިއްޔެ ބޭއްވި ހަފްލާއެއްއެއްގައެވެ.
އެއްވަނަ ހާސިލްކޮށް 50،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ ހޯދާފައި ވަނީ ހަސަން ޝާހިދުއެވެ. އޭނާ ތައްޔާރުކޮށްފައި ވަނީ ތަފާތު ތަކެތި ހިމެނޭ މަންޒަރެކެވެ. ދެވަނަ ހޯދާފައިވަނީ އުނދޯއްޔެއް ތައްޔާރުކުރި އަހުމަދު ހުސައިން މަނިކެވެ. ދެވަނަ އިނާމްގެ ގޮތުގައި ދީފައިވަނީ 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެކެވެ. ތިންވަނަ ހޯދާ 15،000 ރުފިޔާގެ ގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗާ ހާސިލްކޮށްފައި ވަނީ މުހައްމަދު ރަޝީދުއެވެ.
މި މުބާރާތުގެ ވަނަތައް ހޮވާފައިވަނީ ފަނޑިޔާރުންގެ 70 އިންސައްތަ އާއި އާއްމުންގެ 20 އިންސައްތަ އަދި ހުށަހެޅި ވީޑިއޯއަށް 10 އިންސައްތަ މާކްސް ދީގެންނެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ