ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިޔާސީ މޮޓޯ އަކަށް "ހާސްކަނޑާލާ، ހަމަޖެހޭނެ" މޮޓޯ ކަނޑައަޅައިފިއެވެ.
ކާނިވާ ސަރަހައްދުގައި މިހާރު ކުރިޔަށްދާ ހާއްސަ ޖަލްސާގައި ގާސިމަށް ވަނީ ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކޮށްފައެވެ. އަދި ގާސިމްގެ ކެމްޕެއިން ލަވަ އާއި ރިޔާސީ ކެމްޕެއިންގެ މޮޓޯ ވަނީ އާއްމު ކޮށްފައެވެ.
އެ ޖަލްސާގައި ގާސިމް ވަނީ އޭނާ އަށް ހަވާލުކުރި ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެންމެ އަވަސްވެ ގަންނާނީ ރަނިން މޭޓަކު ކަނޑައަޅާ ކެމްޕެއިންގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިއަދު ގައުމަށް ކުރިމަތިވެފައިވާ ކަންކަމުން އަރައިގަތުމަށް އިހުލާސްތެރި ވެރިއަކަށް ގައުމު ގޮވަމުން އަންނަ ކަމަށެވެ. އެގޮތުން ގާސިމް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާކަމުގެ ކަންބޮޑުވުން ދިވެހިންގެ މެދުގައި އެބައޮތް ކަމަށާއި ކޮރަޕްޝަނުގެ މައްސަލަތައް ގައުމުގައި ގިނަވަމުން އަންނަ ކަމަށެވެ.
އެހެންކަމުން އިސްލާހީ ބޮޑު ބަދަލަކަށް ދިވެހިން ބޭނުންވާ ކަމަށް ގާސިމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެތެރެއާ ބޭރުގެ ދަރަނިތައް އިންތިހާ އަށް މައްޗަށް ގޮސްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާގައި 4،000 މީހުން ބައިވެރިވާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފައިވީ ނަމަވެސް އެ އަދަދާއި ގާތަށް ވެސް މީހުން ހަމަ ނުވުމުން ޖެހި ގޮނޑިތައް ނަގާ ޖަލްސާ ފަށާފައި ވަނީ ވެސް ޖަލްސާ ފެށުމަށް ނިންމި ގަަޑީގެ ދޮޅުގަޑިއިރު ފަހުންނެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި