ރާއްޖޭގައި ފިލައިގެން އުޅޭ ބިދޭސީން އުފުލާ ކަނޑު އުޅަނދުތަކުގެ ކެޕްޓަނުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިމިގްރޭޝަނުން ދީފިއެވެ.
ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ކަނޑުމަގުން ބިދޭސީން އުފުލާ އުޅަނދުތަކުން އެ ފަރާތްތަކުގެ އަތުގައި ސައްހަ ވާކް ޕާމިޓް އޮތްތޯ ޔަގީންކުރަން އެ އިދާރާއިން ވަނީ މިއަދު އިލްތިމާސްކޮށްފައެވެ.
އަދި ގަވާއިދާ ހިލާފަށް އުޅަނދުތަކުގައި ބިދޭސީން އުފުލާނަމަ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުން ބާރުލިބިގެން ހަދާފައިވާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑުދަތުރުކުރާ އުޅަނދުފަހަރާބެހޭ ގަވާއިދުގެ ދަށުން އުޅަނދުގެ ވެރިފަރާތް އަދި އުޅަނދު ދުއްވި ފަރާތް ޖޫރިމަނާކުރެވެނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކުރިން ބައިތިއްބާ ހާއްސަ ސެންޓަރު ވަނީ އަލުން ހުޅުވާފައެވެ. އަދި އެތަނުން ވަނީ ބިދޭސީން ނަގަން ފަށާފައެވެ. ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީން މަދުކުރަން ރެގިއުލަރައިޒޭޝަން 2019 ވަނަ އަހަރުވަނީ ޕްރޮގްރާމެއް ފަށާފައެވެ. އެ ޕްރޮގްރާމްގެ ދަށުން ގަވައިދާ ހިލާފަށް އުޅޭ 24,000 ބިދޭސީން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި