ރ. އިންނަމާދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރި އެ މަސައްކަތުގެ އަގަކީ 72 މިލިއަން ރުފިޔާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުން ހިމެނެއެވެ. އެއީ 14,417.00 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން -3.0 މީޓަރ ހަމަވާ ވަރަށް)އާ ހަމައަށެވެ.
މީގެއިތުރުން:
- 204 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުން
- 400 މީޓަރ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން
- 18 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޤާއިމްކުރުން
- 478 މީޓަރ އެއްގަމު ތޮށި ޖެހުން
- 478 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން
- 2 ނެވިގޭޝަނަލް އެއިޑް ޤާއިމްކުރުން
- 52 މ ރިންގ ރިންގް ހަރުކުރުން
- 16 މ ރިންގ ބޮއި ހަރުކުރުން
ހައުސިން މިނިސްޓްރީން ބުނީ ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގު ކަމަށެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ ޝާހިދު ހުސައިން ކަމަށެވެ،
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު