މޮރީޝަސް އާއި ރާއްޖެއާ ދެމެދު ފުށި އަރާފައިވާ އިމުގެ މައްސަލައާ ގުޅިގެން މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ އެޖެންޑާ އިން ނަގައިފިއެވެ.
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ އެޖެންޑާ އިން ނެގީ އާއްމު ކޮމެޓީ އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުން ގެންދާތީއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ ބޭފުޅެއް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މުގައްރިރުކަން ކުރައްވާ އާއްމު ކޮމެޓީގެ އިތުރުން މަޖިލީހުގެ ދާއިމީ އެހެން ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރަނީ ނަޝީދަށް ތާއީދު ކުރާ މަޖިލީހުގެ 13 މެންބަރަކު އެމްޑީޕީ އިން ވަކިވުމާއި ގުޅިގެންނެވެ.
އެހެންކަމުން ދާއިމީ ކޮމެޓީތައް އަލުން އެކުލަވާލެވެން ދެން ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ މަޑުޖައްސާލައިފައެވެ. އިމުގެ މައްސަލައާ ގުޅިގެން މިނިސްޓަރު ޝާހިދުގެ އިތުރުން ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
އޭޖީގެ މައްސަލަ މަޖިލީހަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ކުރިޔަށް ގެންދެވޭ ގޮތެއް އަދިވެސް ނުވެއެވެ. ދެ ދުވަހެއްގެ މަތިން މިހާރު އެ މައްސަލައިގެ ޖަލްސާ ބޭއްވިއިރު ދެ ޖަލްސާގައި ވެސް މައްސަލައައިގެން ކުރިޔަށް ދިއުމުގެ ފުރުސަތެއް އަދި ނުލިބެއެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ