ރާއްޖެއާއި އިންޑިއާއާ ދެމެދު އެކި ދާއިރާތަކުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
އެ ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވީ މުރަލީދަރަން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި މާލޭގައި އާޓްސް ސެންޓާ ތަރައްގީކުރުމާއި، ސ.މިލަންދޫ ރަނިން ޓްރެކް ތަރައްގީ ކުރުމާއި، ޅ.ހިންނަވަރު އާ ކައުންސިލް އިދާރާ އިމާރާތްކުރުމާއި، އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މެންޓަލް ހެލްތް ޔުނިޓް ގާއިމުކުރުމާބެހޭ އެއްބަސްވުމެއް ހިމެނެއެވެ.
https://twitter.com/abdulla_shahid/status/1665259129789911040
އަދި ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ނ. ކެނދިކުޅުދޫ އަދި ލ. ގަމަށް 4 ސްކޫލް ބަސް ހޯދުމާއި، އައްޑޫ ސިޓީގައި އައުޓްޑޯ ޖިމް ތަރައްގީކުރުމާއި، ހިތަދޫ ބެއިރުމަތި ދާއިރާ ތަރައްގީކުރުމާއި، އައްޑޫ ސިޓީގައި އައުޓްޑޯ ޖިމް ތަރައްގީކުރުމާއި، ހިތަދޫ ރަސްގެދަރަ ދައިރާ، ގދ.ވާދޫގައި އައުޓްޑޯ ޖިމް ތަރައްގީކުރުމާއި، އެޗްއޭގައި އައުޓްޑޯ ޖިމް ތަރައްގީކުރުން ހިމެނެއެވެ. ހއ ދިއްދޫ އާއި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ގައި ލ. އަތޮޅު ތައުލީމީ މަރުކަޒު ތަރައްގީކުރުން ހިމެނެއެވެ.
އިންޑިއާ އިން އަންނަނީ ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކަކަށް އެހީތެރިވަމުންނެވެ. އެގޮތުން މި ސަރުކާރުން ރާއްޖޭގައި ކުރިޔަށް ގެންދާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި އިންޑިއާގެ ބޮޑު އެހީތެރިކަމެއް ވަނީ ލިބިގެން ގޮސްފައެވެ.
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން
ސިޓީ ޕާކް މިމަހު ނިޔަލަށް ނިންމަން މިދަނީ މަސައްކަތް ކުރަމުން: އާޒިމް