ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް އައްޑޫގެ ރައްޔިތުން ތިބީ "އަރުވާޖަހާލައިގެން" ކަމަށް އެ ސިޓީގެ ބައެއް ރައްޔިތުން ބުނެފިއެވެ.
އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ރައީސް ސޯލިހު މިއަދު ވަނީ އައްޑޫ ސިޓީ ހިތަދޫގެ މަގުތައް ހެދުމުގެ މަޝްރޫއު ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ. ހިތަދޫ ދެކުނު ދާއިރާގެ ބައެއް މަގުތަކަށް ވަޑައިގަތުމުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައީސަށް ވަނީ މަރުހަބާ ދެންނެވުމަށް ނިކުމެފައެވެ.
އެތަނުގެ ބައެއް އާއްމު ރައްޔިތުންނާއި "ހަތާވީސް" އިން ސުވާލު ކޮށްލުމުން އެ ރައްޔިތުން ބުނީ ރައީސް ސޯލިހު އައްޑޫ އަށް ގެންނަމުން އަންނަ ތަރައްގީ އަކީ މީގެކުރިން ދުވަހަކުވެސް އުއްމީދު ކުރި ވަރުގެ ތަރައްގީއެއް ނޫން ކަމަށެވެ. އެހެންކަމުން އެ ރައްޔިތުން ވަނީ ރައީސަށް ޝުކުރު އަދާކޮށް ރައީސް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް "އަރުވާޖަހާލައިގެން" ހުރިކަން ހާމަ ކޮށްފައެވެ.
ވީޑިއޯ:
https://twitter.com/hathavees/status/1665244600532099072?s=46&t=M9M5hUKhSMLW6TzFVtCYOQ
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި