މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޑިވިޑެންޑުގެ ގޮތުގައި 67.5 މިލިއަން ރުފިޔާ ސަރުކާރަށް ދިނުމަށް އެ ކުންފުނީގެ ބޯޑުން ފާސްކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ އެމްޕީއެލް އިން ވަނީ އެކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފައެވެ. އެ ޖަލްސާގައި ސަރުކާރަށް ޑިވިޑެންޑު ދިނުމަށް ފާސްކުރީ ބޯޑުގެ އަގުލަބިއްޔަތުންނެވެ.
މި އަދަދަކީ އޭގެ ކުރީ އަހަރު ސަރުކާރުން ދޭން ފާސްކުރި ޑިވިޑެންޑަށްވުރެ 78 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެމްޕީއެލް އަށް ޖުމްލަ ފައިދާގެ ގޮތުގައި 108 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއީ 2021ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއާ އަޅާ ބަލާއިރު 43 ޕަސެންޓުގެ އިތުރުވުމެކެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވާ ގޮތުގައި މިހިނގާ 2023ވަނަ އަހަރު އެކުންފުނީގެ މާލީ ހާލަތު ކޮވިޑްގެ ކުރީގެ ހާލަތަށްވުރެ ރަނގަޅު ވާނެ ކަމަށެވެ. ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރަކީ އޮޕަރޭޝަނަލްކޮށް ވެސް އަދި މާލީ ގޮތުން ވެސް އެކުންފުންޏަށް ކާމިޔާބު އަހަރެކެވެ.
"މި އަހަރުގެ ޕާފޯމަންސް ޕްރީ-ކޮވިޑަށްވުރެ ވެސް ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަހަރު ރަމަޟާން މަހަށް ބެލި ނަމަވެސް، މުދާ ގަނެވޭ އަދަދު ވަރަށް ބޮޑުތަން އިތުރު ކުރެވިފައިވާ ކަމަށެވެ. ހާއްސަކޮށް ޕެރިޝަބަލްސް އެތެރެކުރި ވަރު އިތުރުވެގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު