އަގުހުރި އިލެކްޓްރޯނިކް ސާމާނުތަކެއް އެރުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނެގި ޓެކްސީއެއް، އެ މުދާތަކާއެކު ފިލަން މަސައްކަތް ކޮށްފިއެވެ.
ފުލުހުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އިއްޔެ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓެކްސީ ކިއުއިން ނެގި ކާރަކަށް އެރުވި 150،000 ރުފިޔާގެ އިލެކްޓްރޯނިކްސް ސާމާނު، ގެންދަންޖެހޭ ހިސާބަށް ނުގެންދާ ކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން އެތަކެތި ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މާފަންނު ޕޮލިހުން އެތަކެތި ހޯދާފައި ވަނީ ސީސީޓީވީ ފުޓޭޖު ބަލައި އެ ޓެކްސީ ދެނެގަނެގެން ކަމަށެވެ.
https://twitter.com/PoliceMv/status/1664517592265134081?s=20
"ރައްޔިތުންނަށް ކަމެއް ދިމާވާ ހިނދު ދިވެހި ފުލުހުން ތިބޭނީ އެހީތެރިކަން ފޯރުކޮދިނުމުގައި އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައި،" ފުލުހުން ބުންޏެވެ.
ނަމަވެސް އެ މުދާތައް ހިފައިގެން ފިލަން މަސައްކަތް ކުރި ޓެކްސީ ޑްރައިވަރަށް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް ނުވަތަ ނާޅާ ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި