ނ. ކެނދިކުޅުދޫ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތެއްގައި އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
ގާތްގަނޑަކަށް 91 މިލިއަން ރުފިޔާ އަށް ހަވާލު ކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކެނދިކުޅުދޫ 3.7 ކިލޯ މީޓަރުގެ މަގުތަކުގައި ތާރު އެޅިގެން ދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި މަގު ބައްތި ޖެހުން ވެސް މި މަޝްރޫއުގެ ދަށުން ހިމެނިގެން ދާނެއެވެ.
މި މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. އާރްޑީސީން މިހާރު ވެސް އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން