ގދ. ތިނަދޫގައި ޕިކްނިކް އައިލެންޑެއް އެޅުމަށް ސަރުކާރު ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމުގެ ގޮތުން މިއަދު ހައުސިން މިނިސްޓްރީގައި ސޮއި ކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
ޖުމްލަ 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ 57.68 މިލިއަން ރުފިޔާ އަށެވެ.
މި މަސައްކަތުގެ ދަށުން 400 މީޓަރުގެ ރިވެޓްމަންޓު ޖެހުމަށް ހަމަޖެހިފައިވާއިރު ލޯންޗު ފަދަ އުޅަނދުތައް ކައިރި ކުރުމަށް ޖެޓީއެއް ހެދުމަށް ވަނީ ނިންމައިފައެވެ.
ހައުސިން މިނިސްޓްރީގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަނީފު އަދި ދެކުނު ދާއިރާގެ މެންބަރު މުގުނީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ތިން ރައީސުންގެ މަންދޫބުން ނިންމެވީ ޕާޓީތަކާ މަޝްވަރާކުރަން
ޑައިވިނަށް ދިޔަ ހަތަރު ޓޫރިސްޓުންގެ ހަށިގަނޑު ފެނިއްޖެ
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައިފި
ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
މަސައްކަތްތައް ބައްޓަން ކުރައްވާނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް
އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރައްވައިފި