ހިޔާ ފްލެޓްގެ ފާރު ތަޅާލައިގެން ދެ އެޕާޓްމެންޓެއް އެއްކޮށްލިުމުން އެ ދެ އެތަން އަތުލަން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ހިޔާ ފްލެޓްގެ ފާރެއް ތަޅާލުމަށްފަހު ދެ އެޕާޓްމެންޓެއް އެއްބަސްވުމާ ހިލާފަށް އެއްކޮށްލި މައްސަލާގައި ދެތަނުގެ ވެރިފަރާތް 200،000 ރުފިޔާ އިން ޖޫރިމަނާކޮށް އަދި އެ ފައިސާ ނުދެއްކުމުން އެތަން ހުސްކުރަން އެޗްޑީސީން އޮތީ އަންގައިފަ އެވެ.
އެ ދެތަނުގެ ވެރިފަރާތުން ސިވިލް ކޯޓުގައި ދައުވާކުރަން ބޭނުންވީ އެޗްޑީސީގެ އެންގުން ބާތިލް ކުރުމަށެވެ. އަދި އެ މައްސަލަ ހުށަހެޅެންދެން އެތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުމުން ކޯޓުން މިއަދު ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ކޯޓުގެ ނިންމުމުގައިވަނީ ކަން ހިނގި ގޮތަށް ބަލާއިރު ފްލެޓްތަކުގެ ވެރިފަރާތްތަކުގެ ހިމާޔަތް ކުރަންޖެހޭ ހައްގެއް މިވަގުތު ފެންނަން ނެތް ކަމަށެވެ. އަދި ވަގުތީ އަމުރު ނުނެރުނަސް, އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ނުފެންނަ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ ނިންމުމުގައިވަނީ އެ އަމުރަށް އެދިފައިވަނީ ފްލެޓް އެއްބަސްވުމާއި އެއްމެދު އިމާރާތުގެ ގާނޫނާ އެނގިހުރެ ހިލާފަށް ކަންކަން ކުރުމަށްފަހު ކަމަށްވާތީ ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އެ ފަރާތްތަކަށް ލިބިގެން ނުވާ ކަމަށެވެ.
ފްލެޓް އެއްބަސްވުމުގައި އޮތްގޮތުން ފްލެޓްގެ ފާރުތައް ތެޅުމަކީ މަނާ ކަމެކެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ