މިއަހަރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި މަތީ ތައުލީމާއި ތަމްރީން ޕްރޮގްރާމުގެ ލޯނަށް އެދި ހުށަހެޅި ކުދިންގެ ތެރެއިން ޝަރުތު ހަމަވި 1225 ކުދިންނަށް ލޯނު ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ދައުލަތް އޮތީ ކިޔަވާ ކުދިންނާއެކު ކަމަށެވެ.
ދިވެހި ސަރުކާރު އޮތީ އެކުދިން ތައުލީމީ ރޮނގުން ދާން ބޭނުންވި ކޮންމެ ރޮނގަކުން، ދާން ބޭނުންވި ކޮންމެ ހިސާބަކަށް ގެންގޮސްދޭން ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ.
”އެއްވެސް ކުއްޖަކު ބާކީ ނުކޮށް އަދި އެއްވެސް ތަފާތުކުރުމެއް ނެތި، އަޅުގަނޑުމެން މިތިބީ އެ ފުރުސަތު ފަހިކޮށްދީގެން” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އާބާދީ ކުޑަވެގެން ނުވަތަ ކުދިން މަދުވެގެން ސްކޫލްގައި ކިޔަވައިނުދޭ ރަށެއް މިހާރަކު ނޯންނާނެ ކަމަށެވެ. ޘާނަވީ ނިންމުމަށް ފަހު، މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރުވަނީ ތަނަވަސްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ބެލެނިވެރިންގެ ކުރިމަތިން ފެންނަން ހުރި ޙަޤީޤަތް. ފޯރުންތެރިކަން ނެތިގެން ނުވަތަ ޢާއިލާއާ ވަކިން ބޭރަށް ދާންޖެހިދާނެތީ، މަތީ ތައުލީމު ހާސިލުނުކުރެވިފައި މިހާރު ތިބޭކަށް ނުޖެހޭނެކަނަ ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީ ހާސިލުކުރަން ބޭނުންވާ ކުދިންނަށް، ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން އެފުރުސަތު ވެސް އޮތީ ހުޅުވިފައި ކަމަށެވެ.
“އަޅުގަނޑު މި ނިންމީ، މިއަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުޠު ހަމަވި 1225 ކުދިންނަށްވެސް އެ ލޯން ދޭން. މީގެ ތަފްޞީލުތައް، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މާދަމާ ޙިއްޞާ ކުރައްވާނެ. މިއަހަރު މި ދޭ 1225 ލޯނާ އެކު، މި ސަރުކާރުން ފެށި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން، މިހާތަނަށް ދޫކުރި ސްޓޫޑެންޓް ލޯންގެ ޖުމުލަ 3211 އަށް އަރާނެ” ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މަތީ ތައުލީމާއި ތަމްރީންގެ މިހާ ފަހި ފުރުސަތުތަކެއް، އެއްވެސް ސަރުކާރަކުން މީގެ ކުރިން ފަހިކޮށްދީފައި ނުވާކަން ފާހަގަކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުހައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް، ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކަމަކީ، ދިވެހި ދަރިންނަށް ރަނގަޅު ތައުލީމު ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން