ދިވެހި ރައްޔިތުންނަށް އެންމެ އަމާން އަދި ސުލްހަވެރިކަމާއެކު ރައްޔިތުންނަށް އެއްވެސް ތުރާލެއް ނުޖައްސާ ކުރިޔަށްދާ ރިޔާސީ ދައުރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މި ހިނގާ ރިޔާސީ ދައުރު ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
ނ. ހޮޅުދޫގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ ރާއްޖެ މިދެކޭ ޒަމާނީ ދިމިގުރާތީ ހަޔާތުގައި ރާއްޖެ ދުށް އެންމެ އަންމާން އަދި ސުލްހަވެރި އަދި ރައްޔިތުންނަށް ތުރާ ކުޑަ ދައުރަކީ މިހާރު ވޭތުކުރަމުން މިދާ ރައީސް ސޯލިހުގެ ރިޔާސީ ދައުރު ކަމަށެވެ.

[caption id="attachment_52323" align="alignnone" width="2048"] ނ. ހޮޅުދޫ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / އާރްޑީސީ[/caption]
"މި އަމާންކަމާއި ސުލްހަ މަސަލަސްކަމާއި ހަމަޖެހުން މި ގޮތުގައި ބޭއްވުމަކީ މަހަ ޔަޤީނުންވެސް ހޮޅުދޫފަދަ ހަމަޖެހުމަށް ލޯބިކުރާ އެކުވެރި ރައްޔިތަކު ދިރިއުޅޭ ރަށަކަށް މުހިންމު އަދި ރައްޔިތުން އެދޭނެ ގޮތަށްވާނެ ކަމާމެދު އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެތްނެތް،" މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ ކޮވިޑުގެ އާލަމީ ވަބާ އާއި ރަޝިޔާ ޔޫކުރެއިންގެ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް ބޮޑު ހީނަރުކަމެއް އައިކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށާއި އެކަމުގެ ސަބަބުން އަވައްޓެރި ލަންކާ އާއި ޕާކިސްތާނު ފަދަ ބައެއް ގައުމުތައް އިނދަޖެހި އަމިއްލަ ހާލައިގެން ނޫޅެވޭ ހިސާބަށް ދިޔައިރު ރާއްޖެ ފަދަ އުފެއްދުންތެރިކަން ކުޑަ ގައުމެއް އެ ހާލަތަށް ނުވެއްޓި ސަލާމަތުގެ އައްސޭރިއަށް ދިޔަ ގޮތް އެއީ މިއަދު ދުނިޔޭގެ މާލި އިދާރާތަކުންނާއި އިގުތިސާދީ މާހިރުވެސް ފާހަގަކުރާ ކަމެއް ކަމަށެވެ.
"ހަމަ ޔަގީނުންވެސް އެއީ ހަރުދަނާ ގިނަ ފިޔަވަލުތަކެއްގެ ނަތީޖާކަމާ މެދު އެއްވެސް ސުވާލެއްނެތް. އޭގެ ވަރަށް ކުޑަ މިސާލެއް ދަންނަވާލަނަން، މިއަދު އަޅުގަނޑުމެން ހޮޅުދޫގައި މިފެށި ފަދަ މަޝްރޫއުތަކާ ގުޅިގެން މަސައްކަތަށް ނެގޭ ފަރާތްތަކަކީ އެ ރަށަކުން ނުވަތަ ސަރަހަށްދަކުން ވަޒިފާއަށް ނެގޭ ދިވެހިންނަށް ހެދުމަށް ސަރުކާރުގެ ކުންފުނިތަކުންނާއި މުއައްސަސާތަކުން ގެންގުޅޭ އުސޫލަކީ އާރްޑީސީ އާއި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުންވެސް މިއަދު ބޮޑު ސަމާލުކަމެއް ދެމުން ގެންދާކަން ފާހަގަކުރަން. މިގޮތުން މި މަޝްރޫޢޫގެ ދަށުން މިހާތަނަށް 21 މުވައްޒަފަކަށް ވަޒީފާގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާކަން އުފަލާއެކު ފާހަގަކުރަން. އަދި މަސައްކަތް ކުރިޔަށްދާ މިންވަރަކުން އެ އަދަދު އިތުރުވަމުން ދާނެ ކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން،" މޫކޭ ވިދާޅުވިއެވެ.

[caption id="attachment_52322" align="alignnone" width="2048"] ނ. ހޮޅުދޫ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުން: ފޮޓޯ / އާރްޑީސީ[/caption]
އޭނާ ވިދާޅުވީ އެއީ އެތަށް ދިވެހިންނަކަށް އަދި އެތަށް އާއިލާއަކަށް ލިބޭ ކުރިއެރުމަކާއި އަދި ހަމަޖެހުމެއް ކަމަށެވެ. މީގެކުރިން ނަމަ އެ މަސައްކަތްތައް ކުރާނީ ބިދޭސީން ކަމަށާއި އެމީހުންނަށް ދޭ ފައިސާތައް ޑޮލަރަށް ބަދަލުވެ ވަދެގެންދާނީ އަވައްޓެރި ކޮންމެވެސް ގައުމެއްގެ އިގްތިސޯދުގެ ތެރެއަށް ކަމަށް މޫކޭ ވިދާޅުވިއެވެ.
"ނަމަވެސް މިއަދު އެފައިސާ އެނބުރެމުންދާނީ ހޮޅުދޫގެ އިގްތިސާދުގެ ތެރޭގައި ދިވެހި ރާއްޖޭގެ އިގްތިސޯދު ތެރޭގައި. އަޅުގަނޑުމެން ދެކެން ބޭނުންވާ މަންޒަރަކީ، ރައްޔިތުން ފުދުންތެރިކޮށް ދިނުމާއެކު ހަމަޖެހުންގެނެސްދީގެން ތަރައްޤީގެ އުސް މިންތަކަށް ވާސިލުވުން،" މޫކޭ ވިދާޅުވިއެވެ.
ހޮޅުދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 4.3 ކިލޯ މީޓަރުގެ މަގު ހެދިގެން ދާނެއެވެ. އެއީ ގާތްގަނޑަކަށް އެރަށުގެ 17 މަގެކެވެ. 71 މިލިއަން ރުފިޔާ އަށް ކުރިޔަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.