މީގެ ހަތް އަހަރު ކުރިން މާލޭގައި ކަރެކްޝަންސްގެ އޮފިސަރަކަށް ކަތިވަޅިއަކުން ބިރު ދައްކައި މާރާމާރީ ހިންގަން އުޅުނުމީހާ ގޮވައިގެން ސައިކަލުގައި އެތަނަށް ދިޔަ ކަމަށް ބުނާ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ތ. ކިނބިދޫ، ގުލްފާމުގޭ، މުހައްމަދު ސާޒުގެ މައްޗަށް، ތޫނު އެއްޗަކުން ބިރު ދައްކައި މާރާމާރީ ހިންގަން އުޅުމުގެ ދައުވާ ކުރީ، އޮކްޓޯބަރު, 2016 ވަނަ ދުވަހު އޭނާ އާއި ޝައިރަފް އަބްދުއްރަހީމް ކިޔާ މީހަކު ސައިކަލެއްގައި ގޮސް ކަރެކްޝަންސްގެ އޮފިސަރަކާ މާލޭ މަގުމަތިން ދިމާކޮށް ކަތިވަޅިއެއް ދައްކައި, އިންޒާރު ދިން ކަމަށް ބުނެ އެވެ.
ދައުލަތުން ތުހުމަތުކުރީ ބިރުދެއްކި މީހާ އެތަނަށް ގެންދިޔައީ ސާޒުގެ ސައިކަލުގަ އެވެ.
ގާޒީ ސަފްއަތު ހަބީބް ކުރެއްވި ހުކުމުގައިވަނީ ދައުލަތުން ހުށަހެޅި އެއްވެސް ހެކިވެރިއަކަށް ޝައިރަފް އިން ސައިކަލު ދުއްވަން ހުރީ ސާޒު ކަމެއް ބުނެނުދެވުނު ކަމަށެވެ.
އިންޒާރު ލިބުނު ކަރެކްޝަންސްގެ އޮފިސަރު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ބުނެފައި ސައިކަލު ދުއްވަން އިނީ ކާކު ކަމެއް އަދި އެއީ ސާޒު ކަމެއް ވެސް ބުނެދޭން ނޭނގޭ ކަމަށެވެ.
ހުކުމުގައިވާ ގޮތުން ފުލުހުންގެ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓެއް ވެސް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް އެ ރިޕޯޓު ސާޒުއަށް އެއްވެސް ވަރަކަށް ދޫކޮށްފަައިނުވެ އެވެ. އަދި ރިޕޯޓު ތައްޔާރު ކުރި ފަރާތް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވެސް ނުވެ އެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން ނިންމީ އެ ރިޕޯޓަށް ރިއާޔަތް ނުކުރުމަށެވެ.
ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން ސާޒު ކުށް ކުރި ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ.
އެ މައްސަލާގައި ބިރުދެއްކި ކަމަށް ބުނާ މީހާގެ މައްސަލަ ހިންގަނީ ވަކިންނެވެ. އޭނާ ކޯޓަށް ހާޒިރު ނުކުރެވުމުން އޭނާގެ މައްސަލަ ކޯޓުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
ސާޒުއަކީ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސް މުހައްމަދު މަރާލިކަމުގެ ދައުވާލިބޭ މީހެކެވެ. އެ މައްސަލައާ ގުޅިގެން އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަނަސްގެ މަރުގެ މައްސަލަ މިހާރު އޮތީ ހުކުމް ކުރުމާ ހިސާބަށް ގޮސްފައެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި