ހުޅުމާލޭ ދެވަނަ ފޭސް އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން މަސައްކަތް ކުރަމުން ދިޔަ ކޮންޓްރެކްޓަރެއް އެސަރަހައްދު ކޮނުމުގެ ތެރޭގައި ޑިސްޓްރިބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށާއި މިހާރު އެ ކޭބަލް މަރާމާތު ކުރުމަށްފަހު ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ގެއްލުން ލިބިފައިވާ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި އެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާ ކަރަންޓުގެ ހިދުމަތް ނުލިބިވާ ސަރަހައްދުތަަކަށް އަލުން ކަރަންޓު ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.
ސްޓެލްކޯ އިން ދިޔައީ ކޭބަލް މަރާމާތު ކުރެވޭ ވަރަކަށް ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެމުންނެވެ.
އެކުންފުނިން އެންމެ ފަހުން ބުނީ ކޭބަލް މަރާމާތުކޮށް ނިމިފައިވާ ކަމަށެވެ. އަދި ދެވަނަ ފޭސް އިން ކަރަންޓު ދިޔަ ހުރިހާ ސަރަހައްދަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ