ކުޅުދުއްފުށި ކައުންސިލް ގައި ހިމެނޭ ހުރިހާ ކައުންސިލަރުން، އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް އަށް ސޮއިކޮށްފިއެވެ.
ކުޅުދުއްފުށީ ކައުންސިލްގައި ހަތް މެމްބަރުން ހިމެނެއެވެ. އެ ހުރިހާ މެމްބަރުންނަކީވެސް ވެރިކަންކުރާ އެމްޑީޕީން އިންތިހާބުވި ކައުންސިލަރުންނެވެ.
އެ ކައުންސިލަރުން ދަ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި އެޕާޓީގެ އުފައްދަން ހުށަހެޅުއްވި ހެންވޭރު ހުޅުނގު ދާއިރާގެ މަޖިލީސް މެމްބަރު ހަސަން ލަތީފްގެ ހާޒިރުގައެވެ. އޭނާ ގެންދަވަނީ އެ ޕާޓީއަށް މީހުން އިތުރުކުރަން ކުޅުދުއްފުށީ ސިޓީގައި ދޮރުން ދޮރަށް ހިންގަވަމުންނެވެ.
ޑިމޮކްރެޓްސްގެ އިސް އޮފިޝަލަކު "ހަތާވީސް" އަށް ވިދާޅުވީ ކުޅުދުއްފުށި ކައުންސިލަރުން އެ ޕާޓީއާ ގުޅުނީ އެ ބޭފުޅުންނަކީ މިނިވަން އަދި ޑިމޮކްރެޓިކް ހަމަތަކަށް ތާއިދުކުރައްވާ ބޭފުޅުން ކަމަށްވާތީއެވެ. އެކަމާއި ގުޅޭ ގޮތުން ކައުންސިލަރުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
https://twitter.com/HassanLatheef/status/1663486752068349952
ކުޅުދުއްުފުށީ ކައުންސިލް ދަ ޑިމޮކްރެޓްސްއާ ގުޅިފައިވާއިރު އެ ދާއިރާގެ މެމްބަރު ޔާސިރު އަބްުދުއްލަތީފް އަކީ އެމްޑީޕން ވަކިވެ ދަ ޑިމޮކްރެޓްސްއާ ގުޅުނު 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.
ދަ ޑިމޮކްރެޓްސް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އެމަނިކުފާނުގެ "ލޯޔަލިސްޓުން" އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ޕާޓީއެކެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން ދިނުމާއެކު މެމްބަރުން ހަމަކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ނަމަވެސް ނަޝީދު އަދިވެސް ހުންނަވަނީ އެމްޑީޕީގައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެކަން ރަަސްމީކޮށް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެމްޑީޕީގެ ތެރެއިން އިތުރު ޕާޓީއެއް އުފައްދަން ޖެހުނީ ޑިމޮކްރެޓިކްސް އުސޫލާ ހިލާފަށް ކަންކަން ކުރިއަށް ގެންދާތީވެ ކަމަށް އެ ޕާޓީން ވަކި ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި