މާލެއަށް ފެނުގެ ހިދުމަތް ދެމުން ގެންދާ މާލެ ވޯޓާ ސަވަރޭޖު ކޮންޕެނީ (އެމްޑަބްލިއުއެސްސީ)ގެ ފެން އުފައްދާ ނިޒާމުގެ ޗެންބަރެއް ފުރި، ބަންޑުންވެ، މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.
މި ހާދިސާ ހިނގީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން އެމްޑަބްލިއެސްސީގެ މައި އިމާރާތާ އިންވެގެން ހުންނަ ފެން އުފައްދާ ޕްލާންޓު ހިމެނޭ ސަރަހައްދުން ފެން ބޭރުވެ، މުޅި ސަރަހައްދުގައި ފެން ބޮޑުވެފައިވެއެވެ.
އެކަމާ ގުޅޭ ގޮތުން އެމްޑަބްލިއުއެސްސީގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގެ ފެން ޕްލާންޓެއް ފަޅައިގެން ގޮސްފައި ނުވާ ކަމަށެވެ. ފެން ޕްލާންޓް އިމާރާތް ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ފެން ބޮޑުވީ ފެން އުފައްދާ ނިޒާމުގައި ހިމެނޭ ޗެމްބަރު އެއް އޯވަލޯފްލޯ ވެގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާ ގިނަ އިރުތަކެއް ނުވެ، އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ