މިދިޔަ މަހު ނ. މަނަދޫގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި މާލެ އިން ރޭ ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ މާލެއިން ހައްޔަރު ކުރީ 21 އަހަރުގެ ޒުވާނެއް ކަމަށެވެ. އޭނާގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ތިން ވަނަ މީހާ މި ހައްޔަރު ކުރީ އެއް މަހާއި 21 ދުވަސް ފަހުންނެވެ. މި މައްސަލާގައި ހިމެނޭ އަނެއް ދެ މީހުން ހައްޔަރުކުރުމުން އެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ޖަހައިދީފައެވެ. އަދި އޭގެ ތެރެއިން އެކަކު ވަނީ ބަންދުގެ މަޖިލިސްގައި މަރާލުމުގައި ބައިވެރިވި ކަމަށް އިއުތިރާފުވެފައެވެ.
ނައީމާގެ މަރުގެ މައްސަލާގައި ފުލުހުން ކުރިއެރުންތަކެއް ހޯދާފައި މި ވަނީ މި މައްސަލާގައި ބަޔަކު ހައްޔަރު ނުކުރެވި، ދިގުލައިގެންދާތީ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި ހަރަކާތްތެރިވަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ.
މި މައްސަލައިގެ ތަހުގީގު ޓީމު ލީޑު ކުރައްވަނީ މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރު މުހައްމަދު ސާމިހެވެ.
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި