މިދިޔަ މަހު ނ. މަނަދޫގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިރޭ މާލެއިން ހައްޔަރު ކުރީ 21 އަހަރުގެ ޒުވާނެއް ކަމަށެވެ. އޭނާގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެއެވެ.
މި މައްސަލާގައި ތިން ވަނަ މީހާ މި ހައްޔަރު ކުރީ އެއް މަހާއި 21 ދުވަސް ފަހުންނެވެ. މި މައްސަލާގައި ހިމެނޭ އަނެއް ދެ މީހުން ހައްޔަރުކުރުމުން އެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ޖަހައިދީފައެވެ. އަދި އޭގެ ތެރެއިން އެކަކު ވަނީ ބަންދުގެ މަޖިލިސްގައި މަރާލުމުގައި ބައިވެރިވި ކަމަށް އިއުތިރާފުވެފައެވެ.
ނައީމާގެ މަރުގެ މައްސަލާގައި ފުލުހުން ކުރިއެރުންތަކެއް ހޯދާފައި މި ވަނީ މި މައްސަލާގައި ބަޔަކު ހައްޔަރު ނުކުރެވި، ދިގުލައިގެންދާތީ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި ހަރަކާތްތެރިވަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ.
މި މައްސަލައިގެ ތަހުގީގު ޓީމު ލީޑު ކުރައްވަނީ ރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހެވެ.
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި