ފެމިލީ ކޯޓަށް ގާޒީއަކު ހޯދަންވެގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާން ބާތިލްކޮށްފިއެވެ.
ފެމެލީ ކޯޓަށް ގާޒީއަކު ހޯދަން ކުރި އިއުލާނަށް 25 މީހަކު ކުރިމަތިލާފައިވާ ކަމަށް ޖޭއެސްސީން ވަނީ މީގެ ކުރިން ބުނެފައެވެ.
އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ފެމެލީ ކޯޓަށް ގާޒީއަކު ހޯދަން ކުރި އިއުލާން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އެއާއެކު ހުށަހަޅާފައިވާ އެޕްލިކޭޝަން ވެސްތައް ވަނީ ބާތިލްކޮށްފައިވާ ކަމަށް ޖޭއެސްސީންގެ އިއުލާނުގައިވެއެވެ.
އިއުލާން ބާތިލްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ފެމެލީ ކޯޓުގެ ގާޒީއަކަށް މުސާރަ އާއި ލިވިން އެލަވަންސް އަދި ރިސްކު އެލަވަންސާއެކު ޖުމްލަ 46,375 ރުފިޔާ ލިބިގެން ދާނެ ކަމަށް ޖޭއެސްސީގެ އިއުލާނުގައިވެއެވެ.
އަދި ރައްޔިތުން މަޖިލީހުގެ އިދާރާ އިން ކަނޑައަޅާ ގޮތެއްގެ މަތީން ފޯނު އެލަވަންސާއި މެޑިކަލް އެލަވަންސް ވެސް ލިބިގެން ދާނެއެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ