ވެރިކަމަށް އައުމަށްޓަކާ ސިޔާސީ ޕާޓީތަކާ އެކު، ވަމުންދާ ވައުދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުން ކޯލިޝަންތައް ރޫޅި، ގައުމުގައި ހަމަނުޖެހުން އުފެދޭ ކަމަށާއި ނަމަވެސް މިވެރިކަމުގައި ކޯލިޝަންގެ ވައުދު ހިފެހެއްޓެވި ބޭފުޅަކީ ރައީސް ސާލިހު ކަމަށް ވިދާޅުވެ، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައީސަށް ތައުރީފު ކުރައްވައިފިއެވެ.

ފ. ދަރަނބޫދު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ސަރުކާރުގެ ސިޔާސަތުތަކަށް ތައުރީފު ކުރައްވައި، އަސްލަމް ވިދާޅުވީ މި ނޫނީ ވީ ވައުދުތައް ފުއްދަވުމުން ގެންދަވާ ވެރިކަމެއް ދެކިފައިނުވާ ކަމަށެވެ.

"ރައީސް ވީ ވައުދުތައް ރައީސް ފުއްދަވަމުން ގެންދަވާ. އެއީ އުމްރާނީ ތަރައްގީ ކަންތައްތަކާއި ކޮށްދެއްވަން ވިދާޅުވި ކަންކަން،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ވަޒީރުކަން ކުރެއްވި އަސްލަމް ވިދާޅުވިއެވެ.

[caption id="attachment_52019" align="alignnone" width="1600"] ފ. ދަަރަނބޫދޫ ބަނދަރު ހުޅުވަން ބޭއްވި ރަސްމިއްުޔާތުގައި މިނިސްޓަރި އަސްލަމް ވާހަކަދައްކަވަނީފޮޓޯ: ޕްލޭނިން މިނިސްޓްރީ[/caption]

އޭނާ ވިދާޅުވި ގޮތުގައި ރައީސް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ކޯލިޝަން ދެމެހެއްޓުން ކަމަށެވެ. ނަޝީދުގެ ސަރުކާރުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންވެސް ހެދި ކޯލިޝަންތައް އަހަރެއްހާ ދުވަހެއްގެ ތެރޭގައި ރޫޅުނެވެ.

ކޯލިޝަން ދެމެހެއްޓުނީ މި ސަރުކާރުގައި ކަމަށް ވިދާޅުވެ ރައީސް ވެވަޑައިގެންނެވި ވައުދަށް އެމަނިކުފާނު ހުރުމަތްތެރިކޮށް ހިތްތަވާ ކަމަށް އަސްލަމް ވިދަޅުވިއެވެ.

"އަޅުގަނޑަށް، ރައީސް ފުއްދަވައި ދެއްވި އެންމެ ބޮޑު ވައުދަކީ ސިޔާސީ ގޮތުން އެކަކު އަނެކަކަށްވީ ވައުދު ހިފެހެއްޓުން ދެމެހެއްޓުން"

އެމްޑީޕީ ތެރެއިން ބަޔަކު ވަކިވެގެން އެހެން ޕާޓީއެއް އުފެދިގެން ދިޔުމަށް އިޝާރާތްކުރައްވާ، އަސްލަމް ވިދާޅުވީ "މިހާރު ބަޔަކު ތަނަކަށް ދިޔަސް ވައުދު ނުފުއްދުނީ ކަމަށް ޔަގީނުން ނުބުނެވޭނެ" ކަމަށެވެ. އެއަށް ފަހު އޭނާ ކުރިމަތިކުރެއްވީ ރައްޔިތުންނަށް ދެ ސުވާލެވެ.

"ތިބޭފުޅުން އަމިއްލައިން ނިންމަވާ ވައުދަށް ހުރުމަތްތެރިކޮށް ހިތީ ކާކުތޯ؟ ހިތާނީ ކާކުތޯ؟ ވެރިއަކު އިންތިހާބުކުރަން ވޯޓެއްލާން އެބަޖެހޭ. ވެރިމިހާ ބުނީތީ މީހާކު ބާކިކުރަން ވޯޓުލުން ހުއްޓާލަން ޖެހޭ،" އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވޯޓުލާން ޖެހޭނީ ސިޔާސަތުތަކަށް ކަމަށެވެ. އަދި މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބެލުމަށް ފަހުއެވެ. އެކަމަކު ކުރިއަށް އޮތް އިންތިހާބުގައި ރައީސް ސޯލިހު ނޫން އެހެން މީހަކު އިންތިހާބު ކޮށްފިނަމަ ގައުމު ހަލަބޮލިވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.