އެންމެ ތަނަކަށް ނުވަތަ އެންމެ ދިމާލަކަށް އަމާޒުކޮށްގެން މުޅި ރާއްޖެ ތަރައްގީއެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނިލަންދޫ އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރަށެއްގައި ވެސް ތަރައްގީގެ މަސައްކަތް ކުރިޔަށް ގެންދިއުން ކަމަށެވެ. އެގޮތުގެ މަތީން ނިލަންދޫގައި ވެސް މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ވީޑިއޯ:
https://twitter.com/hathavees/status/1662343838889852929?s=20
ރައީސްގެ ވާހަކަފުޅުގައި ނިލަންދޫ ފަޅުހިއްކަވައިގެން ޓޫރިޒަމަށް ދެ ރަށް ތަރައްޤީކުރައްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. ރައީސް ވިދާޅުވީ އެކަން ކުރަން ސަރުކާރުން ނިންމީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށްޓަކައެވެ.
ރައީސްގެ ވާހަކަފުޅުގެ ހުލާސާ:
ނިލަންދޫ ބަނދަރު ހަދަން ކޮންޓްރެކްޓްކޮށްފައިވޭ
ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުން
ނަރުދަމާ ނިޒާމުގައި ހުރި މައްސަލަ ހައްލުކުރާނެ
އަތޮޅު ހޮސްޕިޓަލަށް އިތުރަށް ތަރައްގީކުރާނެ
ނިލަންދުއަށް ސަރަހައްދީ ޕޮލިސް ސްޓޭޝަނެއް
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން