ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި އެމްޑަބްލިއުއެސްސީން ގޮންޖެހުންތަކާއެކު ވެސް ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެއްޖެއެވެ.
ފެން ކުންފުނީގެ 28ވަނަ އަހަރީ ދުވަހާއި ގުޅިގެން ހެންވޭރު ދަނޑުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހް ވިދާޅުވީ އެކުންފުނީގެ ހުރިހާ އޮޕަރޭޝަން ސެންޓަރުތަކުން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތް އިތުރަށް ތަރައްގީކޮށް ހިދުމަތުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅު ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ 32 ރަށެއްގައި މިހާރުވެސް ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މީގެތެރެއިން ބައެއް ރަށްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށް ޝާހު ފާހަގަކުރެއްވިއެވެ.
ރޭގެ ޖަލްސާގައި ފެން ކުންފުނީގެ ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް ވަނީ ދީފައެވެ. އަދި އެކުންފުނިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށް ޗެއާމަންސް އެވޯޑު ފޯ އެކްސެލެންސް އެވޯޑު ވަނީ ދީފައެވެ.
މި އެވޯޑަކީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްގީއަށް ފާހަގަކުރެވޭ އަގުހުރި އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމުގެ މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް ދޭ އެވޯޑެކެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ