ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި އެޅުއްވި ތުހުމަތަކީ ބަޔަކަށް ގެއްލުނު ތާއީދު އަނބުރާ ހޯދުމުގެ ގޮތުން އެޅުއްވި ތުހުމަތެއް ކަމަަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޚުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެންބަރުން މަޖިލިސް ތަަޅުމުގައި ދައްކަވާ ވާހަކަތަކަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދީފައިވާއިރު ރައީސް ސޯލިހާ ގުޅުވާ އެފަދަ ވާހަކައެއް ދެއްކެވީ ވެސް އެ އިމްތިޔާޒުގެ ހިމާޔަތުގައި ތިއްބަވައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ވާހަކައަކީ އެކަމުގައި އެއްވެސް ހަގީގަތެއް އެކުލެވިފައިވާ ވާހަކައެއް ނޫން ކަމަށެވެ.
މިއުވާން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ރައީސް ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އެފަދަ ތުހުމަތުތައް އަަޅުއްވާ ވާހަކަ ދައްކަވަނީ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ ތަޅުމުގައި ލިބިވަޑައިގަންނަވާ އިމްތިޔާޒްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށެވެ.
”ހާއްސަކޮށް ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުވާ ރައީސުލްޖުމްހޫރިއްޔާ އަށް އެކަން ކުރިޔާލާ އެނގޭ ކަމަށާއި އެކަން ކުރީ ސަރުކާރުން ބޭނުންވެގެން ކަމަަށް ދޭހަވާ ގޮތަކަށް ބައެއް ބޭފުޅުން ދެއްކެވި ވާހަކައަކީ އެއްގޮތަކަށް ވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން،” މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ރައްޔިތުން މަޖިލިސް ނޫން ތަނެއްގައި އެފަދަ ވާހަކައެއް ދައްކައިފި ނަމަ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހުށަހަޅައިގެން ބަލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެގޮތަށް ވާހަކަދެއްކެވި މެންބަރުން ހެއްދެވީ “ކަނޑައެޅިގެން ބޮޑު ދޮގެއް” ކަމަށެވެ.
”އެ ވާހަކަތަކަކީ މެއި 6 ގެ ހަމަލާގެ ސީރިއަސްކަން ގެއްލުވާލާ ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރާ ހޯދުމުގެ ގޮތުން…… ތާއީދު އަނބުރާ ހޯދި ދާނެ ކަމަށް ދެކެވަޑައިގެން އެބޭފުޅުން ދައްކަވާ ވާހަކައެއް،” މިއުވާން ވިދާޅުވިއެވެ.
މިއުވާން މިފަދައިން ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތު ރައީސް ސާލިހުގެ އިސްތަށިފުޅުގައި އަޅުވައި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަޖިލީހުގައި އިއްޔެ ދެއްކި ވާހަކަތަކަށް ގުޅިގެންނެވެ.
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން